މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ޝެޑެއް ޤާއިމްކުރުމަށް ހެނބަދޫ އިން ބިން ދޫކުރުން

 

   

އިޢުލާން

ތެޔޮ ޝެޑެއް ޤާއިމްކުރުމަށް ހެނބަދޫ އިން ބިން ދޫކުރުން

 ނ.ހެނބަދޫ ބަނދަރު ސަރަހައްދުގައި ތެޔޮ ޝެޑެއް ޤާއިމްކުރުމަށް ބިމެއް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިބިމަކީ ތެޔޮ ގުދަންކޮށް، ބޭނުންކުރުމާއި، ރައްކާތެރިކޮށް ބަހައްޓާ، ރީޓެއިލް އަދި ހޯލްސޭލްކޮށް ތެލުގެ ވިޔަފާރިކުރުމަށް ޚާއްޞަކޮށް ހުޅުވާލެވޭ ބިމެކެވެ.

ބިން އޮތް ސަރަހައްދާއި ބޮޑުމިން:  މިބިމަކީ ހެނބަދޫ ބަނދަރުގެ އިރުމަތި ފަރާތުގައި އޮންނަ، ޖުމްލަ 2542.59 އަކަފޫޓުގެ ބިމެކެވެ. ބިމުގެ ސަރަހައްދާއި ބޮޑުމިން އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓްކޮށްފައިވާނެއެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު(ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދަންޖެހޭނީ ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާއިދު (ޤަވާއިދު ނަންބަރު 2015/R-160) އާއި ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާއިދަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤަވާއިދު (ޤަވާއިދު ނަންބަރު 2015/R-219) އާއި ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާއިދަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤަވާއިދު (ޤަވާއިދު ނަންބަރު 2021/R-67) އާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ސެޝަންގައި ބައިވެރިވެ އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިބިޑާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވުމުގެ އިޚްތިޔާރު ރަޖިސްޓްރީވާ ބީލަންވެރިންނަށް ލިބިގެންވެއެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

20 ފެބްރުއަރީ 2024 އިން 29 ފެބްރުއަރީ 2024 ގެ 13:00 ގެ ނިޔަލަށް

މަޢުލޫމާތު ސާފުކުރުން

6 މާރިޗް 2024 ވާ ބުދަ ދުވަހުގެ 13:00 ގައި

ބީލަން ހުށަހެޅުން

14 މާރިޗް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި

 

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                10 ޝައުބާން 1445

               20 ފެބުރުއަރީ 2024

                                            

                                                       

                                                               

20 ފެބުރުވަރީ 2024
ހޯދާ