މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރާއްޖެއިން ބޭރުގެ ޕްރޮފެޝަނަލް ލައިސަންސް އިމްތިހާން ބަލައިގަތުން

އިޢުލާން

 

ރާއްޖެއިން ބޭރުގެ ޕްރޮފެޝަނަލް ލައިސަންސް އިމްތިހާން ބަލައިގަތުން

 

             މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ބިދޭސީ ޕްރޮފެޝަނަލުން ރަޖިސްޓްރޭޝަން ދިނުމުގެ ބޭނުމަށް ރާއްޖެއިން ބޭރުގެ ޕްރޮފެޝަނަލް ރެގިއުލޭޓަރީ އިދާރާތަކުން ހިންގާ އިމްތިހާނުތަކުގެ ތެރެއިން މިކައުންސިލުން ކަނޑައަޅާ ކޮމްޕީޓެންސީ އަދި ލައިސަންސް އިމްތިހާނުތައް ބަލައިގަތުމަށް ހަމަޖެހިފައިވާތީ އެކަން އިއުލާންކުރަމެވެ. މިގޮތުން ތިރީގައި ދެންނެވިފައިވާ ފާމަސީ ދާއިރާގެ އިމްތިހާންތައް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

 

Name of Examination

Qualification

Regulatory body

1

Pharmacists Licensure Examination

Degree Level

Professional Regulatory Board of Pharmacy and Professional Regulation Commission, Philippines

2

Nepal Pharmacy Council License Exam

Degree Level

Diploma Level

Nepal Pharmacy Council, Nepal

 

             ދެންނެވިފައިވާ އިމްތިހާނަކުން ފާސްވެ އަދި ފާސްވެފައިވާތާ 2 އަހަރު ފާއިތުވެފައިނުވާނަމަ ބިދޭސީ ފާރމަސީ އެޕްލިކަންޓުން މިހާރު ބައިވެރިވާންޖެހޭ މި ކައުންސިލުގެ ކޮމްޕީޓެންސީ އިމްތިހާނުގައި ބައިވެރިވާން ނުޖެހޭނެކަމަށްވެސް ދަންނަވަމެވެ. އެހެންނަމަވެސް މިދެންނެވުނު ފަރާތްތަކުގެ ތެރެއިން 5.5 IELTS ނުވަތަ އެއާ އެއްވަރުގެ އިނގިރޭސި ބަހުގެ އިމްތިހާނެއްގެ ސެޓްފިކެޓެއް ހުށަހަޅާފައިނުވާނަމަ މިހާރުވެސް އޮންނަ އުސޫލުން އިނގިރޭސި ބަސް ވަޒަންކުރުމުގެ އިންޓަރވިއުގައި ބައިވެރި ވާންޖެހޭނެއެވެ.

          މި ކައުންސިލުން ބަލައިގަންނަ ލައިސަންސް އަދި ކޮމްޕީޓެންސީ އިމްތިހާނުތަކުގެ ލިސްޓަށް އަންނަ އުނިއިތުރު އާއްމުކުރަމުންދާނެ ވާހަކަވެސް ދަންނަވަމެވެ.

19 ފެބުރުވަރީ 2024
ހޯދާ