ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަވާދިއްތަ ދަތުރުގެ ފޮޓޯ ގްރަފީ ޚިދުމަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު

މިއިޢުލާން އާއި އެކު އާންމުކުރެވިފައިވާ ޝެޑިއުލްގައި ހިމެނޭ އިވެންޓްގެ(ފުލް ކަވަރޭޖް) ފޮޓޯނެގުމުގެ މަސައްކަތްކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 19 ފެބުރުވަރީ 2024 ގެ 13:45 އަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކޯޓޭޝަން ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވް އަކުންނަމަ ކުންފުނި / ކޯޕަރޭޓިވްގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ އިކޮނޮމިކް މިނިސްޓްރީ އިން ދޫކުރައްވާ ބިޒްނަސް ޕްރޮފައިލްގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. ކޯޓޭޝަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، ކޯޓޭޝަން ހުށަހެޅުމުގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި ކޯޓޭޝަން ހުށައެއްނޭޅޭނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ފެބުރުވަރީ 2024
ހޯދާ