މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނޫވިލު ސީޕުލޭން ޓާރމިނަލް އިމާރާތުގައި ހުރި ބާކީ "އެކްސެކެޓިވް ލައުންޖު" ގޮޅިތައް ހިންގާނެ ފަރާތްތަކެއް ހޯދައި ލައިސަންސްދިނުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނޫވިލު ސީޕުލޭން ޓާރމިނަލް އިމާރާތުގައި ހުރި ބާކީ "އެކްސެކެޓިވް ލައުންޖު" ގޮޅިތައް ހިންގާނެ ފަރާތްތަކެއް ހޯދައި ލައިސަންސްދިނުމާއި ބެހޭ

     މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި ހުރި މިކުންފުނީގެ ނޫވިލު ސީޕުލޭން ޓާރމިނަލް އިމާރާތުގައި، ބާކީހުރި "އެކްސެކެޓިވް ލައުންޖު" ގޮޅިތައް ހިންގާނެ ފަރާތްތަކެއް ހޯދައި އެފަރާތްތަކަށް ހިންގުމުގެ ލައިސަންސް ދޭންބޭނުންވެއެވެ. އެގޮތުން، ލައުންޖު ގޮޅިތައް ކާމިޔާބުކުރާ ފަރާތްތަކުން މިކުންފުނިންދީފައިވާ އިރުޝާދުތަކާއި އެއްގަޮތަށް ލައުންޖު ގޮޅި އަމިއްލައަށް ހަދައި ލައުންޖު ހިންގަންވާނެއެވެ.

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 މާރިޗު 3 ވާ އާދިއްތަދުވަހުގެ މެންދުރު 14:00 ގެ ކުރިން، ސިޓީ،ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

     މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ރިސޯޓު އޮޕަރޭޓަރަކަށް ވާންވާނެެއެވެ. އަދި USD 10,000 (ނޫނީ އެޔާ އެކަށީގެންވާ ދިވެހި ރުފިޔާ) ބިޑު ސެކިޔުރިޓީއެއްގެ ގޮތުގައި ހުށަހަޅަންވާނެއެވެ.

     ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ "ސައިޓް ވިޒިޓް" 2024 މާރިޗު 06 ވާ ބުދަދުވަހުގެ މެންދުރު 14:00 ގައި މި ކުންފުނީގެ މައި އިދާރާ  (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް، ވީ.އައި.އޭ)ގައި އޮންނާނެއެވެ.  

     ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2024 މާރިޗު 14 ވާ ބުރާސްފަތިވަހުގެ މެންދުރު 12:45 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 މާރިޗު 14 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:45 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

18 ފެބުރުވަރީ 2024
ހޯދާ