ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ވިލުފުށީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ އެޗް.އާރު ސޮފްޓްވެއަރ ފޯރުކޮށްދިނުން

ތ.ވިލުފުށީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ އެޗް.އާރު ސޮފްޓްވެއަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން https://shorturl.at/dKOU6 މި ލިންކު މެދުވެރިކޮށް 2024 ފެބުރުވަރީ 26 ވާ ހޯމަ ދުވަހުގެ 13:15 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. މި އިޢުލާނާ ގުޅޭ އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މި އިދާރާގެ ކޮންފަރެންސް ރޫމްގައި ކުރިއަށްދާނެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

 

 

ތާރީޚް

ގަޑި

ދުވަސް

ތަން

އަންދާސީ ހިސާބު ހުށަހެޅުން

27 ފެބުރުވަރީ 2024

13:15

އަންގާރަ

ކައުންސިލްގެ އިދާރާ ކޮންފަރެންސް ރޫމް

 

މި ބީލަމުގައި ބައިވެރިވުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701/7901159 ފޯނަށް ގުޅުއްވުން އެދެމެވެ.

18 ފެބުރުވަރީ 2024
ހޯދާ