ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޑެޕިއުޓީ ޕްރިންސިޕަލް

ނަންބަރު:(IUL)GS-01/GS-01/2024/15

އިޢުލާނު

މަޤާމު:

ޑެޕިއުޓީ ޕްރިންސިޕަލް

މަޤާމުގެ ނަންބަރު:

J-364740

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ބ.އަތޮޅު ތައުލީމީ މަރުކަޒު / ބ.އޭދަފުށި

މަޤާމުގެ ރޭންކާއި، ޕަބްލިކް ސަރވިސް ރޭންކާއި، ޝަރުޠާއި، އަސާސީ މުސާރައާއި، މަޤާމުގެ އެލަވަންސްތަކާއި، ހާޒިރީ އިނާޔަތް:

މަޤާމު

މަޤާމް ރޭންކް

ޕްބަލިކް ސަރވިސް ރޭންކް

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

މަޤާމުގެ އެލަވަންސް

ހާޒިރީ އިނާޔަތް

 

ޑެޕިއުޓީ ޕްރިންސިޕަލް

 

 

 

ރޭންކް 1

 

ޕަބްލިކް ސަރވިސް ރޭންކް 8

 

  1. ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުން.

13,809/-ރ

 

6,444/-ރ

 174/-ރ

 

 

ޑެޕިއުޓީ ޕްރިންސިޕަލް

 

ރޭންކް 2

ޕަބްލިކް ސަރވިސް ރޭންކް  9

 

  1. ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުން.

2. ޑެޕިއުޓީ ޕްރިންސިޕަލް ރޭންކް 1 ގައި 6 އަހަރު ޚިދުމަތްކޮށްފައިވުން

15460/-ރ

7215/-ރ

195/- ރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޙަވާލުކުރެވޭ ދަންފަޅީގައި ސްކޫލްގެ ކިޔަވައިދިނުމާގުޅޭ އެންމެހާ ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  2. ސްކޫލްގެ ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  3. ސްކޫލްގެ ވަޞީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން.
  4. ސްކޫލަށް ބޭނުންވާ ޕޮލިސީތައް އެކުލަވާލުމުގައި އިސްކޮށް ޙަރަކާތްތެރިވުން.
  5. ޙަވާލުކުރެވޭ ދަންފަޅީގެ ލީޑިންގ ޓީޗަރުންގެ މަސައްކަތް ކޯޑިނޭޓްކޮށް، ހަފްތާއަކު އެއްފަހަރު ރިވިއު ބައްދަލުވުންތައް ބޭއްވުން.
  6. އައު މަންހަޖު ތަންފީޒު ވަމުންދާ މިންވަރު ބަލައި، ދަރިވަރުން ވަޒަންކުރެވެމުންދަނީ އޭ.އެފް.އެލް އާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުން.
  7. ދަރިވަރުންނަށް ޙާޞިލުވަމުންދާ މިންވަރު ދެނެގަތުމަށް ރިވިއު ބައްދަލުވުންތައް ބާއްވައި، މާއްދާތަކުގެ ނަތީޖާއާއި ގްރޭޑްތަކުގެ ކުރިއެރުން ރިވިއު ކުރުން.
  8. ދަރިވަރުންނަށް ޙާޞިލުވާ މިންވަރު ބެލެނިވެރިންނަށް އަންގައި ދިނުމުގެ ގޮތުން ބައްދަލުވުންތައް ރާވައި ހިންގުން.
  9. މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް މަސައްކަތުގެ ފެންވަރު ވަޒަންކުރުން. އޭގެ ތެރޭގައި ލީޑިންގ ޓީޗަރުންނާއި އިދާރީ މުވައްޒަފުންގެ ތެރެއިން ކަނޑައެޅޭ މުވައްޒަފުން ހިމެނެއެވެ.
  10. ސެޝަންގެ އެސެމްބްލީ ކޯޑިނޭޓް ކުރުން.
  11. ސްކޫލްގެ ކިޔަވައިދިނުމުގެ ކަންތައްތަކާއި އެހެނިހެން ކަންތައްތައް ބެލުމުގައި މީމިސްގެ ތެރެއިން ސްކޫލާގުޅޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަވޭތޯ ބަލައި މީމިސްއާގުޅޭ މަސައްކަތްތައް ބެލެހެއްޓުން.
  12. ސެޝަން މީޓިންގތައް ބޭއްވުން.
  13. ސެޝަންގެ ހުރިހާ ކްލަބްތަކެއް ކޯޑިނޭޓްކޮށް މޮނިޓަރ ކުރުން.
  14. ސްކޫލްގެ ފަރާތުން ސްކޫލް ތަމްސީލުކުރަންޖެހޭ ޖަލްސާތަކަށާއި ބައްދަލުވުންތަކަށް ޙާޟިރުވެ، ސްކޫލް ތަމްސީލު ކުރުން.
  15. މުޖުތަމައާއި ސްކޫލާ ދެމެދު އޮންނަ ގުޅުމަކީ ބަދަހި ގުޅުމަކަށް ހެދުމުގެ މަސައްކަތް ކުރުން.
  16. ޕްރިންސިޕަލް ނެތް ހާލަތްތަކުގައި ސްކޫލް ހިންގުމާ ޙަވާލުވެ ސްކޫލް ހިންގުމުގެ އެންމެހާ ޒިންމާތައް އަދާކުރުން.

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް:

އެކައުންޓިންގ ، އަރަބިކް  ، އާޓް އެންޑް ޑިޒައިން  ، ބިއުޓީ ތެރަޕީ  ، ބަޔޮލޮޖީ  ، ބިޒްނަސް ސްޓަޑީޒް ، ސެޓްފިކެޓް އިން އެޑްވާންސްޑް އިންގްލިޝް  ، ސެޓްފިކެޓް އޮފް ޕްރޮފެޝެންސީ އިން އިންގްލިޝް  ، ޗޭންޖިންގ އެޑިއުކޭޝަން  ، ކެމިސްޓްރީ  ، ކޮމްޕިއުޓަރ ސްޓަޑީޒް  ، ކުރިއޭޓިވް އާޓް  ، ކަރްރިއުލަމް އެންޑް އިންސްޓްރަކްޝަން  ، ދިވެހި  ، އިކޮނޮމިކްސް  ، އެޑިޔުކޭޝަން އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް  ، އެޑިއުކޭޝަން މެނޭޖްމަންޓް  ، އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން  ، އެޑިއުކޭޝަނަލް އެންޓަރޕްރެނިއަރޝިޕް  ، އެޑިއުކޭޝަނަލް ލީޑާޝިޕް  ، އެޑިއުކޭޝަނަލް ސައިކޮލޮޖީ  ، އެޑިއުކޭޝަނަލް ޓްރާންސްފޮމޭޝަން  ، އެޑިއުކޭޝަނަލް ޓްރީޓްމަންޓް އޮފް ޑައިވަރސިޓީ  ، އިންޖީނިއަރިންގ  ، އިންގްލިޝް  ، އިންގްލިޝް ލިޓްރޭޗަރ  ، ޖެނެރަލް ސައިންސް  ، ޖޯގުރަފީ  ، ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން  ، ހިސްޓްރީ  ، ހޮސްޕިޓަލިޓީ  ، އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަން  ، އިންކްލޫސިވް އެޑިއުކޭޝަން  ، އިންކްލޫސިވް ސްޕެޝަލް އެޑިޔުކޭޝަނަލް ނީޑްސް  ، އިސްލާމިކް ސްޓަޑީޒް  ، ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިއުކޭޝަން  ، ލީޑަރޝިޕް އިން އެޑިއުކޭޝަން  ، މެރިން ސައިންސް  ، މެތަމެޓިކްސް  ، މެކޭނިކްސް  ، ފިޒިކްސް  ، ޕްރީސުކޫލް  ، ޕްރައިމަރީ  ، ގުރުއާން  ، ސްކޫލް އެޑްމިނިސްޓްރޭޝަން  ، ސްކޫލް ލީޑަރޝިޕް  ، ސްކޫލް މެނޭޖްމަންޓް  ، ސޯސަލް ސްޓަޑީޒް  ، ސްޕެޝަލް އެޑިޔުކޭޝަން  ، ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް  ، ސްޓެޓިސްޓިކްސް  ، ޓީޗަރ ލީޑަރޝިޕް  ، ޓްރެވަލް އެންޑް ޓުއަރިޒަމް

ތަޢުލީމީ ދާއިރާ

އެކައުންޓިންގ ، އަރަބިކް  ، އާޓް އެންޑް ޑިޒައިން  ، ބިއުޓީ ތެރަޕީ  ، ބަޔޮލޮޖީ  ، ބިޒްނަސް ސްޓަޑީޒް ، ސެޓްފިކެޓް އިން އެޑްވާންސްޑް އިންގްލިޝް  ، ސެޓްފިކެޓް އޮފް ޕްރޮފެޝެންސީ އިން އިންގްލިޝް  ، ޗޭންޖިންގ އެޑިއުކޭޝަން  ، ކެމިސްޓްރީ  ، ކޮމްޕިއުޓަރ ސްޓަޑީޒް  ، ކުރިއޭޓިވް އާޓް  ، ކަރްރިއުލަމް އެންޑް އިންސްޓްރަކްޝަން  ، ދިވެހި  ، އިކޮނޮމިކްސް  ، އެޑިޔުކޭޝަން އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް  ، އެޑިއުކޭޝަން މެނޭޖްމަންޓް  ، އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން  ، އެޑިއުކޭޝަނަލް އެންޓަރޕްރެނިއަރޝިޕް  ، އެޑިއުކޭޝަނަލް ލީޑާޝިޕް  ، އެޑިއުކޭޝަނަލް ސައިކޮލޮޖީ  ، އެޑިއުކޭޝަނަލް ޓްރާންސްފޮމޭޝަން  ، އެޑިއުކޭޝަނަލް ޓްރީޓްމަންޓް އޮފް ޑައިވަރސިޓީ  ، އިންޖީނިއަރިންގ  ، އިންގްލިޝް  ، އިންގްލިޝް ލިޓްރޭޗަރ  ، ޖެނެރަލް ސައިންސް  ، ޖޯގުރަފީ  ، ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން  ، ހިސްޓްރީ  ، ހޮސްޕިޓަލިޓީ  ، އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަން  ، އިންކްލޫސިވް އެޑިއުކޭޝަން  ، އިންކްލޫސިވް ސްޕެޝަލް އެޑިޔުކޭޝަނަލް ނީޑްސް  ، އިސްލާމިކް ސްޓަޑީޒް  ، ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިއުކޭޝަން  ، ލީޑަރޝިޕް އިން އެޑިއުކޭޝަން  ، މެރިން ސައިންސް  ، މެތަމެޓިކްސް  ، މެކޭނިކްސް  ، ފިޒިކްސް  ، ޕްރީސުކޫލް  ، ޕްރައިމަރީ  ، ގުރުއާން  ، ސްކޫލް އެޑްމިނިސްޓްރޭޝަން  ، ސްކޫލް ލީޑަރޝިޕް  ، ސްކޫލް މެނޭޖްމަންޓް  ، ސޯސަލް ސްޓަޑީޒް  ، ސްޕެޝަލް އެޑިޔުކޭޝަން  ، ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް  ، ސްޓެޓިސްޓިކްސް  ، ޓީޗަރ ލީޑަރޝިޕް  ، ޓްރެވަލް އެންޑް ޓުއަރިޒަމް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ސްކޫލް މެނޭޖްމަންޓް

އެޑިއުކޭޝަން މެނޭޖްމަންޓް

ޓީޗިންގ އެޓް ޕްރީސްކޫލް

ޓީޗިންގ އެޓް ޕްރައިމަރީ ސްކޫލް

ޓީޗިންގ އެޓް ސެކަންޑަރީ ސްކޫލް

ޓިޗީންގ އެޓް ހަޔަރ ސެކަންޑަރީ ސްކޫލް

އެޑިޔުކޭޝަނަލް ޕޮލިސީ

ލީޑިންގ ޓީޗަރ

ކިޔަވައި ދިނުމުގެ ތަޖުރިބާ

ޕްރީ ސްކޫލެއް، ޕްރައިމަރީ ސްކޫލެއް، ސެކަންޑަރީ ސްކޫލެއް، ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލެއްގައި ކިޔަވައި ދިނުން.

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާ

ސްކޫލްގައި ކިޔަވައި ދިނުމަށް ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ މާއްދާއެއް.

ހިންގުމުގެ ދާއިރާގެ ތަޖުރިބާ

ތަޢުލީމާބެހޭ / މަތީ ތަޢުލީމާބެހޭ ކަންތައްތައް ބަލަހައްޓާ ސަރުކާރުގެ އިދާރާއެއްގައި ނުވަތަ ތަޢުލީމުދޭ / މަތީ ތަޢުލީމުދޭ އިދާރާއެއްގެ މެނޭޖީރިއަލް، ޕޮލިސީ ނުވަތަ ފަންނީ މަސައްކަތްތައް. މީގެ ތެރޭގައި ލީޑިންގ ޓީޗަރުގެ ޒިންމާވެސް ހިމެނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ސަރުތު ހަމަވުން

ޕްރިންސިޕްލް / ޑެޕިއުޓީ ޕްރިންސިޕަލް، ރޭންކް 1 ގެ ޝަރުޠު ފުރިހަމަވުން

25

 

ޕްރިންސިޕްލް / ޑެޕިއުޓީ ޕްރިންސިޕަލް، ރޭންކް 2 ގެ ޝަރުޠު ފުރިހަމަވުން

30

 

ތަޖުރިބާ

އަސާސީ ޝަރުޠުގައި ބަޔާންކުރާ "ކިޔަވައި ދިނުމުގެ ތަޖުރިބާ" ގެ މުއްދަތަށް ވުރެ އިތުރުވާ ތަޖުރިބާ

05

 

އަސާސީ ޝަރުޠުގައި ބަޔާންކުރާ "ހިންގުމުގެ ދާއިރާގެ ތަޖުރިބާ" ގެ މުއްދަތަށް ވުރެ އިތުރުވާ ތަޖުރިބާ

05

އިންޓަރވިއު

40

ޕްރެކްޓިކަލް

20

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ފެބްރުއަރީ 2024 ގެ 12:00 ގެ ކުރިން، ބ.އަތޮޅު ތައުލީމީ މަރުކަޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އެސެސްމަންޓް އަދި އިންޓަރވިއު (ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 25 ފެބްރުއަރީ 2024 އާއި 14 މާރިޗު 2024 އާ ދެމެދު، (އިންޓަވިއު އޮންނާނެ ތަން) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6608330 އަށެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ.

ޕްރިންސިޕަލުން އަދި ޑެޕިއުޓީ ޕްރިންސިޕަލުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.

 

18 ފެބުރުވަރީ 2024
ހޯދާ