މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާރކްއެޅުމަށް ހަމަޖެހިފައިވާ ބިމަށްއަރާގޮތަށްހުރި ރުއްގަހުގެ ވެރިފަރާތްތަށް ހޯދުން

ކުޑަކުދިންގެ ޕާރކްއެޅުމަށް ހަމަޖެހިފައިވާބިމަށް އަރާގޮތަށްހުރި ރުއްގަހުގެ ވެރިފަރާތްތަށް ހޯދަން ބޭނުންވެއްޖެއެވެ.

  •  ނަންބަރު 1 އިން 33 އާއި ދެމެދު ނަންބަރު ޖަހާފައިހުރި ފޯދުނު 33 ރުށް
  • ނަންބަރު 1 އިން 2 އާއި ދެމެދު ނަންބަރު ޖަހާފައިވާ ފޯދުނު 2 ގަސް މެދުކަށިކެޔޮ

ވީމާ މަތީގައި ދެންނެވިފައިވާ ރުއްގަހުގެ ވެރިން 07 މާރިޗް 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރުއްގަހުގައި މިހާރު ޖަހާފައިވާ ތަރުތީބު ނަންބަރާއި އަދި އެރުއްގަހަށް ދެވިފައިވާ ރަޖިސްޓްރީ ނަންބަރ ( އާއިލާ ނަންބަރ ) އެނގޭގޮތަށް  މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް މިއިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިއިޢުލާނުގެ މުއްދަތުހަމަވާއިރު މަޢުލޫމާތު ސާފުނުވެ އެސަރަހައްދުގައި ރުއްގަސްހުރިނަމަ އެތަކެތިވެސް ހިމެނޭގޮތަށް ވެރިއަކު ނެތް ރުއްގަސް ކަމަށް ބަލައި އެތަކެތި ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިގޮތަށް ކަނޑާލެވޭ ރުއްގަހަށް ފަހުން ބަދަލު ހޯދުމަށް އެދިއްޖެނަމަ އެފަރާތަކަށް ބަދަލުދެވޭނީ ޝަރުޢީކޯޓަށް ހުށަހަޅައި ކޯޓުން އެމައްސަލައެއް ނިންމާގޮތެއްގެ މަތީންނެވެ.މިބިން އޮންނާނީ މިރަށު ސަނީކޯނަރ ، ކަނީރުމާގެ އަދި ވީވަރު ގޯއްޗާއި ދިމާލުން ހަވީރީހިނގުމުގެ އުތުރުގައެވެ.

                        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.     

18 ފެބުރުވަރީ 2024
ހޯދާ