އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ ސިޑިތަކުގެ ރެއިލިންގ ތައް އަލުން ހަދައި ދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ސްކޫލްގެ ސިޑިތަކުގެ ރެއިލިންގ ތައް އަލުން ހަދައި ދޭނެ ފަރާތެއް ހޯދުން

  1. މިސްކޫލުގެ ސިޑިތަކުގެ ރެއިލިންގ ތައް 1 ވަނަ ފަންގިފިލާއިން 2 ވަނަ ފަންގިފިލާ ހަމައަށް ނައްޓާ އަލުން އެސް.އެސް 304ގެ 1.5 ގެ ހޮޅިން ހަދައިދީ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވަތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށްކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ފެބްރުއަރީ 18 ން 2024 ފެބްރުއަރީ 22 ގެ 14:00އަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. https://forms.gle/NEB1mkwFER3Fs3ZH6
  5. މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ފެބްރުއަރީ 21 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ފެބްރުއަރީ 26 ވާ ހޯމަ ދުވަހުގެ 11:00 ގައި އަމީނިއްޔާ ސުކޫލުގެ ހޯލުގައެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި ފޯމް ސެޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ސްކޫލް އޮފީހުން ބަންދު ނޫން ކޮންމެދުވަހަކު  8:30 14:00 އަށް

އަމީނިއްޔާ ސްކޫލް

  ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ

  ފޯން: 3325762، 3323247

  އީ-މެއިލް: [email protected]

 

18 ފެބްރުއަރީ 2024

18 ފެބުރުވަރީ 2024
ހޯދާ