ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ އިމާމުން / މުދިމުންގެ ވޭޖް ޕޫލް އެކުލަވާލުމާއި ގުޅޭ

ދާންދޫ މިސްކިތްތަކުގައި އިމާމުންނާއި މުދިމުން އަހަރީ ޗުއްޓީ / ސަލާމް / އާއިލީ ޒިންމާގެ ޗުއްޓީ ތަކުގައި ތިއްބަވާ ދުވަސްތަކުގައި ދާންދޫ މިސްކިތްތަކުގައި އިމާމްވެ ނަމާދު ކުރުމަށް ޝަޢުޤުވެރިވާ އިމާމުން / މުދިމުންގެ ޕޫލެއް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން އެކުލަވާލުމަށް މިކައުންސިލުން ބޭނުންވެއެވެ.

މަގާމް

އިމާމު، މުދިމު

ބޭނުންވާ އަދަދު

-

މުއްދަތު

-

މަގާމުގެ ގިންތި

ވޭޖް އެމްޕްލޮއިމަންޓް

މަގާމު އޮތް އޮފީސް

މިނިސްޓަރީ އޮފް އިސްލާމިކް އެފެއާޒު (ގއ.ދާންދޫ ކައުންސިލް އިދާރާ)

ވަޒީފާއަދާކުރަންޖެހޭ ތަން

ގއ.ދާންދޫ މިސްކިތްތަކުގައި

މަގާމުގެ ރޭންކް، ގުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު އަދި މަސައްކަތްކުރާ ގަޑިއިރަކަށްޖެހޭ ފައިސާގެ އަދަދު

މަގާމް

ވަޒީފާގެ ޝަރުތު

ރޭންކް

ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު

މަސައްކަތްކުރާ ގަޑިއަކަށް

އިމާމު

ސަނަދު އިންނަ މީހަކަށް

GS3

5 ގަޑިއިރު

61.00 ރުފިޔާ

މުދިމު

ސަނަދު ނެތް މީހަކަށް

GS1

5 ގަޑިއިރު

53.00 ރުފިޔާ

 މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ކައުންސިލް އިދާރާއިން އަންގާ އެންގުމުގެމަތިން ދާންދޫގެ މިސްކިތްތަކުގައި ބަންގިގޮވުމާއި، އިމާމްވެ ނަމާދުކުރުން.
  2. ކައުންސިލް އިދާރާއިން އަންގައިފި ކޮންމެ ހިދެއްގައި އިމާމް ކޭތަނަމާދާއި ކަށުނަމާދު ކުރުން.
  3. މިސްކިތުގެ ސައުންޑު ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ރަށުކައުންސިލްގެ އިދާރާއަށް އެންގުން.
  4. މިސްކިތު މަސައްކަތު މީހުން ހާޒިރުނުވާ ވަގުތުތަކުގައި މިސްކިތުގެ ފަންކާތަކާއި ބޮކިތައް ދިއްލުމާއި ނަމާދުކޮށް ނިމިގެންދަމުން ބޮކި، ފަންކާ، އޭސީ، ހޮޅިބުރި ނިއްވައި ދޮރުފަތް ލެއްޕުން.

މަގާމުގެ ޝަރުޠު:

  1. އިމާމް ކަމުގެ ސެޓްފިކެޓް ލިބިފައިވުން، ނުވަތަ؛
  2. މުދިމްކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ؛
  3. ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ؛
  4. ދީނީ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 އަށްވުރެ މަތީ ސަނަދެއް ލިބިފައިވުން، ނުވަތަ؛ 

ބަންގި ގޮވައި، އިމާމުވެ ނަމާދުކުރަންއެނގޭތޯ ބެލުމަށް ދެވޭ އިމްތިޙާނަކުން ފާސްވުން. (މި ޝަރުޠު ހަމަވޭތޯ ބަލާނީ މަޤާމަށް ޝައުޤުވެރިކަން ފާޅުކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަތީގައި ބަޔާންކޮށްފައިވާ އެއްވެސް ސަނަދެއް ލިބިފައި ނުވާ ފަރާތްތަކަށެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ފަޒީފާއަށް އެދޭ ފޯމް ނުވަތަ އެދިވަޑައިގަންނަވާ ސިޓީ.
  2. ވަޒީފާއަށްއެދޭ ފަރާތުގެ މައުލޫމާތު (ގުޅޭނެ ފޯނުނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެގޭ ފަދަ ކޮޕީއެއް.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ދާންދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  26 ފެބްރުއަރީ 2024 ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ގއ.ދާންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ފޯމު ބާޠިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6820026 ނަންބަރު ފޯނާއިއެވެ. ހޮޓްލައިން ނަންބަރ 7330026 އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

18 ފެބުރުވަރީ 2024
ހޯދާ