މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަކަރި ގެންގުޅުމަށް ބިމެއް ކުއްޔަށް ދިނުން

މި ރަށު ދެކުނު ފަރާތުގެ ސިނާއީ ސަރަހައްދުން 1000 (އެއް ހާސް) އަކަފޫޓުގެ ބިމެއް ވަގުތީގޮތުން 03 (ތިނެއް) މަސް ދުވަހުގެ މުއްދަތަށް، ބަކަރި ގެންގުޅުމަށް ކުއްޔަށް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކުލީގެ ގޮތުގައި ހުށައެޅޭނެ އެންމެ ކުޑަ އަގަކީ މަހަކު، އަކަފޫޓަކަށް 0.50ލ (ފަންސާސް ލާރި) އެވެ.

ފޯމު ހުށައެޅުމުގެ ބައްދަލުވުން އޮންނާނީ 2024 ފެބުރުވަރީ 28 ވާ ބުދަ ދުވަހު މެންދުރުފަހު 1:00 ގައި މިއިދާރާގައެވެ.

ބިމަށް އެދި، އެންމެ ބޮޑު އަގު އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ހުށަހަޅައިފައިވާ ނަމަ، ބިން ދޫކުރާނީ އެ ފަރާތްތަކުގެ މެދު ގައި ގުރުއަތުލައިގެންނެވެ. ބިމަށް އެދި އެންމެ ފަރާތަކުން ހުށައަޅައިފައިވާ ނަމަ، އެ ފަރާތަކަށް ބިން ދޫކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ތިރީގައިވާ ނަންބަރަށް ގުޅުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

18 ފެބުރުވަރީ 2024
ހޯދާ