މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމަށް

އިޢްލާން

             ށ. ފީވަކު 'ނޫމަރާވިލާ' އެވެ ކިޔާ ބަންޑާރަ ގޯތީގެ ހުޅަނގަށްވާ ގޯޅިން ފެށިގެން އުތުރައް އަހްމަދީމަގާއި ދެމެދު ދިރިއުޅުމަށްޓަކައި އަލަށް ދޫކުރެވުނު ގޯތިތައް ހުރި މަގުތަކާއި ގޯޅިތަކުގައި، މި ކައުންސިލްގެ ފަރާތުން ހުދުކުލައިގެ ދަވާދުން (1 އިން 656 އަށް) ނަންބަރު ޖަހާފައިވާ ރުއްގަހުގެ މިލްކުވެރިފަރާތެއް ހޯދުމަށް މިކައުންސިލްގެ އިދާރާއިން ބޭނުންވެއެވެ.

             ވީމާ، އިސްވެ ދެންނެވުނު ސަރަޙައްދުގައި މި ކައުންސިލްގެ ފަރާތުން ހުދުކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތާއި އަދި ބަދަލު ފައިސާ ޖަމާކުރާނެ ބޭންކް އެކައުންޓުގެ މަޢުލޫމާތު އިނގޭނެހެން 26 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި 26 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 14:00 ހަމަވާއިރު ވެރިން ނޭނގޭ ރުއްގަސް އެ ރުއްގަހުގެ ވެރިޔަކު ނެތްކަމަށް ބަލައި ކައުންސިލްގެ ފަރާތުން ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. މިގޮތުން ނައްތާލެވޭ ރުއްގަހުގެ އެއްވެސް ކަމެއްގައި މި ކައުންސިލުން ޒިންމާނުވާނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.

             މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރަމެވެ.

16 ފެބުރުވަރީ 2024
ހޯދާ