މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

އިޢުލާން

2024 ފެބުރުވަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 1-107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފެބުރުވަރީ މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން މި ހިނގާ ފެބުރުވަރީ މަހުގެ 23 ވާ ހުކުރު ދުވަހުގެ ރޭ 20:15 ގައި ތުޅާދޫ ސްކޫލް ހޯލުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުމުގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް ތިރީގައި އެވަނީއެވެ.

-   2023 ވަނަ އަހަރު ހިންގުނު ޙަރަކާތްތަކުގެ ތަޕްޞީލް ރިޕޯޓު ޙިއްޞާކުރުން

-   2023 ވަނަ އަހަރުގެ މާލީ ހިސާބުތައް ޙިއްޞާކުރުން

ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މި އިޢުލާނާއެކު 2023 ވަނަ އަހަރު ހިންގުނު ޙަރަކާތްތަކުގެ ތަޕްޞީލް ރިޕޯޓާއި 2023 ވަނަ އަހަރުގެ މާލީ ހިސާބުތައް ޢާއްމުކުރެވިފައިވާނެއެވެ.

15 ފެބުރުވަރީ 2024
ހޯދާ