މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްތަކެއް ކުރުމަށް

މިއިދާރާގެ ނަންބަރު IUL)232-AG/232/2015/13)ފ(22 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އެމަސައްކަތް ކުރުމަށް އިޢުލާން ކުރަމެވެ.

މިއިދާރާގެ އިމާރާތުގެ ބައެއް ކޯނިސްއާއި ދިޔަދޮވި ނައްޓައި ހަރުކުރުމާއި، އަތޮޅުގޭ ގުދަނުގެ 3 ދޮރު ނައްޓައި އެލްމިނިއަމް ދޮރު ހަރުކުރުމުގެ މަސައްކަތާއި، ތަށިމުށި ނައްޓައި ތަޅުން އަޅައި ތަށިމުށި ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އެޕްރީލް 16 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ( ކޮންފަރެންސް ހޯލް ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އެޕްރީލް 21 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

18 ޖުމާދަލްއާޚިރާ 1436

07 އޭޕްރިލް 2015
ހޯދާ