ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
މުވައްޒަފުންގެ ފާޚާނާއެއް އިމާރާތް ކުރުމާގުޅޭ

މި ސްކޫލުގެ ސްޓާފްރޫމުގައި މުވައްޒަފުންގެ ފާޚާނާއެއް އިމާރާތް ކުރުމާގުޅޭ    

މި ސްކޫލުގެ ސްޓާފްރޫމުގައި މުވައްޒަފުންގެ ފާޚާނާއެއް އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 އެޕްރީލް 2015ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30ގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 އެޕްރީލް 2015ވާ ބުދަ ދުވަހުގެ ހެނދުނު 10:30ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. 

18 ޖުމާދަލްއާޚިރާ 1436

07 އޭޕްރިލް 2015
ހޯދާ