ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ޤާނޫނު ނަންބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ތިރީގައިވާ ކަންކަމާބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުން 22 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ވިލުފުށީ ސުކޫލްގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ތިރީގައިވާ ކަންކަން ރައްޔިތުންނާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

  • 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހިއްސާކުރުން
  • 2023 ވަނަ އަހަރުގެ މާލީ ބަޔާން ހިއްސާކުރުން
  • 2024 ވަނަ އަހަރަށް ކަނޑައެޅިފައިވާ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކުރުން

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 ފެބުރުވަރީ 2024
ހޯދާ