ފުވައްމުލަކު ދިގުވާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެޔޮ އަގުގައި ކަރަންޓްގެ ޚިދުމަތް ފޯރުވައިދޭނެ ފަރާތެއް ހޯދަން

ފުވައްމުލަކު ދިގުވާނޑު އަވަށުގެ ރައްޔިތުންނަށް ހެޔޮ އަގުގައި ކަރަންޓްގެ ޚިދުމަތް ފޯރުވައިދޭނެ ފަރާތެއް ހޯދަން މިކައުންސިލުން ބޭނުންވެއެވެ. މި ޚިދުމަތް ފޯރުވައިދިނުމުގައި ތިމާވެށްޓާ ރައްޓެހި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރައްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އެހެންކަމުން މި ޚިދުމަތް ދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 03 މޭ 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 އަށް މިއިދާރާގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޖޫން 2015 ވަނަ ދުވަހު ޚިދުމަތް ދެއްވަން ގަސްދުކުރައްވާ އަގުގެ ތަފުސީލުތަކާއެކު ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އަންގައި އިޢުލާން ކުރަމެވެ.

20 ޖުމާދަލްއާޚިރާ 1436

09 އޭޕްރިލް 2015
ހޯދާ