ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެބްރުވަރީ މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

 

      ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 2010/7 ގެ 107 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ބޭއްވުމަށް ލާޒިމުކުރާ ރައްޔިތުންގެ ޢާއްމު ބައްދަލުވުމެއް 25 ފެބުރުވަރީ 2024 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:30ގައި މަކުނުދޫ އިޖުތިމާޢީ މަރުކަޒު (ޔޫތުސެންޓަރ)ގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ހދ.މަކުނުދޫގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ދަޢުވަތުއަރުވަމެވެ.

ބައްދަލުވުމުގެ އެޖެންޑާ

  1. ބައްދަލުވުމުގެ ތަޢާރަފް
  2. 2023 ވަނަ އަހަރުގެ މާލީ ރިޕޯޓް ހުށައެޅުން
  3. 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށައެޅުން
  4. 2024 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންނާއި ހިއްސާކުރުން
  5. 2024 ވަނަ އަހަރު ކުރިޔަށް ރޭވިފައިވާ މައިގަނޑު ހަރަކާތްތައް (މަސައްކަތު ތާވަލް) އަދި ބަޖެޓު ރައްޔިތުންނާއި ހިއްސާކުރުން.
  6. އތމ ކޮމިޓީގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި ކުރިއަށް އޮތް އަހަރަށް ރޭވިފައިވާ ހަރަކާތްތައް ރައްޔިތުންނާއި ހިއްސާކުރުން
  7. ހެދިފައިވާ ރަށުގެ ޢިޖުތިމާއީ ޤަވާއިދުތަކާއި ގުޅޭގޮތުން މަޝްވަރާކުރުން
  8. ރައްޔިތުންގެ ސުވާލާއި ޖަވާބު ސެޝަން
  9. ނިންމުން

  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 ފެބުރުވަރީ 2024
ހޯދާ