ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންނަވަރުގެ ބަނދަރު ބެލެހެއްޓުމާއި، މަގުމަތީ ބައްތިތަކާއި ބަނދަރު ބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

 

ހިންނަވަރު ކައުންސިލް އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، މާރޗް 2024 ން ފެށިގެން މިއަހަރުގެ ނިޔަލަށް، ހިންނަވަރުގެ ބަނދަރު ބެލެހެއްޓުމާއި، މަގުމަތީ ބައްތިތަކާއި ބަނދަރު ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް އަމިއްލަ ޚަރަދުގައި ކޮށްދޭނެފަރާތެއް ހޯދުމަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  •  މި އިޢުލާނާއިއެކު، މަޢުލޫމާތު ކަރުދާހާއި، ބިޑް ފޯމް އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 19 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 10:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / އަންދާސި ހިސާބު ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނޫނެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 26 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 10:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

 

 

އިތުރު މަޢުލޫމާތު:

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)                                                                         

އީމެއިލް: [email protected]

 

 
14 ފެބުރުވަރީ 2024
ހޯދާ