މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދައުވަތު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރ : 2010/7 ގެ 107 ވަނަ މާއްދާގެ ދަށުން، މިއަހަރުގެ ފެބުރުއަރީ މަހު ބާއްވަން ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުން " ރައްޔިތުންގެ މާހެފުން " މިނަމުގައި 22 ފެބުރުއަރީ 2024 ވަނަ ދުވަހުގެ ރޭގަނޑު  8:45 ގައި ޕްރީސްކޫލް ހޯލުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު މިބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ރަމަޟާންމަހާއިގުޅިގެން ބޭއްވޭ މާހެފުމަކާއި އެކުގައެވެ.

                  މިބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.

1-      2023 ވަނަ އަހަރުގެ ކައުންސިލްގެ އަހަރީ ރިޕޯރޓާއި މާލީ ރިޕޯރޓް ހިއްސާކުރުން.  

2-      2024 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓް ހިއްސާކުރުން.

3-      ރައްޔިތުންގެ ސުވާލާއި ޖަވާބު.

            ވީމާ މި ބައްދަލުވުމުގައި ބައިވެރިވެދެއްވުމަށް އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

                          މިހެންވެމިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ފެބުރުވަރީ 2024
ހޯދާ