މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސިއްޙީ ވުޒާރާއަށް ބޭނުންވާ ޑުއަލް މޮނީޓަރ ޑެސްކް ސްޓޭންޑް، އައި.ޕީ ކެމެރާ ސިސްޓަމް އަދި ނެޓްވޯރކް ކެބިނެޓް ސަޕްލައިކުރުމާއި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

ސިއްޙީ ވުޒާރާއަށް ބޭނުންވާ ޑުއަލް މޮނީޓަރ ޑެސްކް ސްޓޭންޑް، އައި.ޕީ ކެމެރާ ސިސްޓަމް އަދި ނެޓްވޯރކް ކެބިނެޓް ސަޕްލައިކުރުމާއި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 14 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުން ފެށިގެން 25 ފެބްރުއަރީ 2024 ވާ އާދިއްތަ  ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 3 މާރިޗް 2024 އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 26 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

3 ޝަޢުބާން 1445

                          

14 ފެބުރުވަރީ 2024
ހޯދާ