ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓޭންކެއް ބަނުމަށް ބޭނުންވާ މެޓީރިއަލް ސަޕުލައި ކޮށްދޭނެ ފަރާތެއް ހޯދުން:

ޕެޓްރޯލް ރައްކާކުރާ ޓޭންކެއް ބަނުމަށް ބޭނުންވާ މެޓީރިއަލް ސަޕުލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުއްވެއްޖެއެވެ.

މި މަސައްކަތާއި ގުޅޭ  އިތުރު ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމެނާފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ފޭސްބުކް ޕޭޖުން (Faafu Nilandhoo Council Idhaaraa) އަދި ގެޒެޓުން ލިބެން ހުންނާނެއެވެ.  މަޢުލޫމާތު ސާފު ކުރުން އޮންނާނީ 2024 ފެބުރުވަރީ  15 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފ.ނިލަންދޫ ކައުންސިލް އިދާރާގައެވެ.   

ވީމާ، މިތަކެތި ސަޕުލައިކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2024 ފެބުރުވަރީ 26 ވާ ހޯމަ ދުވަހުގެ 11:30 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ފޭސްބުކް ޕޭޖުންނާއި ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

3 ޝައުބާން  1445

13 ފެބުރުވަރީ 2024

13 ފެބުރުވަރީ 2024
ހޯދާ