ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމުގެ އުޞޫލު - ގއ. ކަނޑުހުޅުދޫ

ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމުގެ އުޞޫލު - ގއ. ކަނޑުހުޅުދޫ

ތަޢާރުފާއި ނަން

  1.  

(ހ)

މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 22 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން ، ހަދާފައިވާ އުސޫލެކެވެ

 

 

(ށ)

މިއުޞޫލަށް ކިޔާނީ ''ސިޔާސީ ޕާޓީތަކަށް ކަނޑުހުޅުދޫ އިން ބިން ދޫކުރުމުގެ އުޞޫލު" އެވެ.

މަޤްސަދު

  1.  

(ހ)   މިއީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10000  ( ދިހަ ހާސް ) މީހުން ޕާޓީގެ ދަފްތަރުގެގައި ހަމަވާ ސިޔާސީ ޕާޓިތަކަށް، ޕާޓީ   ހިންގުމަށް ބޭނުންވާ އިދާރީ އޮފީސް ނުވަތަ ހަރުގެ ހެދުމަށާއި، ސިޔާސީ ހަރަކާތަށް ހިންގުމަށްޓަކައި ގއ. ކަނޑުހުޅޫދޫއިން ބިން ދޫކުރުމަށް ހެދިފައިވާ އުޞޫލެކެވެ.

ޢަމަލުކުރަށް ފަށާ ތާރީޙް

 

  1.  

(ހ) މިއުޞޫލަށް ޢަމަލުކުރަށް ފަށާނީ، ،މި އުޞޫލު ކަނޑުހުޅުދޫ ކައުންސިލުމް ފާސްކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

އުޞޫލު ހިންގުން   

  1.  

(ހ) މި އުޞޫލު ހިނގާނީ ސިޔާސީ ޕާތީތަކުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށް ހިންގަމުން އަންނަ މި އުޞޫލްގެ (2) ވަނަ މާއްދާއާއި އެއްގޮތަށް ގއ.ކަނޑުހުޅުދޫ އިން ބިން ބޭނުންވެގެން ހުށަހަޅާ ސިޔާސީ ޕާޓީތަކުގެ މައްޗަށެވެ.

 

ބިން ކަނޑައެޅުމާއި ބިން ދިނުން

  1.  

(ހ) މި އުޞޫލުގެ (2) ދެވަނަ މާއްދާއާއި އެއްގޮތްވާ ގޮތުގެ މަތިން އެއްވެސް ސިޔާސީ ޕާޓީއަކުން ބިން ހޯދުމަށް ގއ.ކަނޑުހުޅުދޫ ކައުންސިލަށް އެދިއްޖެ ނަމަ އެބިން ދޫކުރާނެ ތަން ގއ.ކަނޑުހުޅުދޫ ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނުގައި ބަޔާންކޮށްފައިވާ ބިންތަކުގެ ތެރެއިން ގއ.ކަނޑުހުޅުދޫ ކައުންސިލުން ކަނޑައަޅާ ބިމެއް އެ ސިޔާސީ ޕާޓީއަކަށް ދޫކުރާނީއެވެ. އެގޮތުން ދޫކުރެވޭ ބިން 15 އަހަރުގެ ދުވަހުގެ މުއްދަތަކަށް އެސިޔާސީ ޕާޓީތަކާއި ގއ،ކަނޑުހުޅުދޫ ކައުންސިލާއި ދެމެދު ވެވޭ އެބަސްވުމުގެއްގެ ދަށުންނެވެ.

(ށ) ސިޔާސީ ޕާޓީތަކަށް ބިން ދިނުމުގައި ބެލެވޭނީ ގއ.ކަނޑުހުޅުދޫގައި ބިންހުރި ނިސްބަތަކުން 1500 (ފަނަރަސަތޭކަ) އަކަފޫޓަށްވުރެ ބޮޑުނޫން ބިމެކެވެ.

(ނ) މި އުޞޫލުގެ (2) (ވަނަ މާއްދާއާއި، މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ގޮތުގެ މަތިން މި އުޞޫލުގެ ދަށުން ދޫކުރާ ބިންތަކަށް ކުލީގެ ގޮތުގައި ދައްކަންޖެހޭނީ އަކަފޫޓަކަށް މަހަކު .50 (ފަންސާސް ލާރި)  ރޭޓުން އެބިމެއްގެ ޖުމުލް އަކަފޫޓަކަށްވާފައިސާއިންނެވެ.

(ރ) މި އުޞޫލުގެ ދަށުން ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ ކޮންމެ ސިޔާސީ ޕާޓީ އަކަށްވެސް ގއ،ކަނޑުހުޅުދޫގެ ލޭންޑް ޔޫސް ޕްލޭނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ގއ.ކަނޑުހުޅުދޫއިން ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 2 (ދޭއް) ބިމެވެ.

ބިން ވަކިކުރވޭނެގޮތް      

  1.  

 މި އުޞޫލުގެ ދަށުން ދެވޭ ބިމެއް ބިންދީފައިވާ ފަރާތުން ވަކި ކުރެޥޭނީ   ތިރީގައި ބަޔާންވެފައިވާ ގޮތުގެ މަތިންނެވެ.

(ހ) ގއ.ކަނޑުހުޅުދޫ އިން ބިން ދޫކުރުމަށް ދެފާރަތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނިކޮށް އެ އެއްބަސްވުމުގެ މުއަދަތުގެ ތެރޭގައި އެ ބިން އެއްވެސް ސަބަބަކާހުރެ ބިން ދޫކުރެވިފައިވާ ސިޔާސީ ޕާާޓީއެއް އެވާލުން

(ށ) ގއ.ކަނޑުހުޅުދޫއިން ބިން ދޫކުރުމަށް ދެފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނިކޮށް އެ އެއްބަސްވުމުގެ މުއްދަތު ތެރޭގައި އެ ބިން ދޫކޮށްލިކަށް ކަށަވަރުވާ އެފަރާތުގެ ރަސްމީ ލިޔުމަކުން އެކަން އެންގުން

(ނ) ބިން ދޫކުރެވުން ބޭނުން ނޫން ނުވަތަ މި އުޞޫލުގެ (2) ވަނަ މާއްދާގައި ބަޔާންކުރާ މަޤްސަދާއި ޚިލާފަށް ބިން ބޭނުންކުރާނަމަ އެކަން އިސްލާހު ނުކޮށްފިނަމަ އެފަރާތަކުން ބިން ވަކިކުރެވޭނެއެވެ.

(ރ) ބިން ދޫކުރުމަށް މި އުޞޫލުގެ ދަށުން ދެފަރާތް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުން

(ބ) މި އުޞޫލުގެ ދަށުން ދޫކުރެވޭ ބިމެއްގައި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވަޢިދު ތަކާއި އަދި ގއ.ކަނޑުހުޅުދޫ ކައުންސިލުން އަންގާ އެންގުންތަކާއި ޚިލާފު އެއްވެސް ކަމެއް ހިންގިކަން ނުވަތަ ހިންގާނަމަ އަދި ސިޔާސީ ޕާޓީއަކަށް ބިން ހަވާލުކުރާތާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި އެބިމާއި ހަވާލުވެ ބިން އާރާސްތު ކުރުމުގެ މަސައްކަތް ނުފަށައިފިނަމަ އެފަރާތަކުން ބިން ވަކިކުރެވޭނެއެވެ.

(ޅ) މި އުޞޫލުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ ޢަދަދަށްވުރެ ޕާޓީގެ ދަފުތަރުން މީހުން މަދުވެއްޖެނަމަ އެޕާޓީއަކަށް އެކަން އެންގުމާއެކު މީހުން ހަމަކުރުމަށް މީލާދީ 06 މަސް ދުވަހުގެ މުއްދަތެއްދީ މި މުއްދަތުގެ ތެރޭގައި މީހުން ހަމަނުވުން ޤާނޫން ނަންބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 2-56 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދަ، ސަރުކާރުގެ ބޭނުމަށް ނަގަންޖެހޭ ފަދަ ހާލަތެއް މެދުވެރިވުން

ބިން ހޯދުމަށް ޕާޓީތަކުން އެދުން

 

  1.  

 

(ހ)

އުޞޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ހޯދުމަށް އެދޭ ސިޔާސީ ޕާޓީ ތަކުން އެދޭނީ، ކައުންސިލުން އެކަމަށް ކަނޑައަޅާ ހާއްސަ ފޯމު ފުރިހަމަކޮށް އެ އެފޯމާއި އެކު ހުށަހަޅަށްޖެހޭ އެންމެހައި ލިޔެކިޔުންތަކާއިއެކު ކައުންސިލް އިދާރާއަށް ހުށަހެޅުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދށުން ކައުންސިލަށް ލިބޭ ހުށައެޅުންތަކާއި ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމަށްފަހު ބިން ދޫކުރުމާއި ގުޅޭގޮތުން ކައުންސިލުން ގިނަވެގެން ސަރުކާރު ބަންދު ނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ގޮތެއ ނިންމައި، ބިން ދޫކުރުމާއި ގުޅޭގޮތުން ނިންމި ގޮތް އެ ހުށަހެޅި ސިޔާސީ ޕާޓީއަކަށް ލިޔުމުން އަންގަވާނާއެވެ.

 

 

ބިން ދޫކުރުމުގެ ގޮތުމް އެއްބަސްވުމުގައި ސޮއިކުރުން

  1.   

(ހ) މި އުޞޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ސިޔާސީ ޕާޓީއަކުން ބިން ހޯދުމަށް އެދި ހުށަހަޅާ ހުށައެޅުމަކާއި ގުޅިގެން ކއުންސިލުން އެ ޕާޓީއަކަށް ބިން ދޫކުރުމަށް ނިންމޭ ނިންމުމަކާއި ގުޅިގެން ބިން ޕާޓީއައި ހަވާލުކުރާނީ މި އިޞޫލުގެ 7 އަދި 8 ވަނަ މާއްދާއާއި ޚިލާފުނުވާނޭ ގޮތުގެ މަތިން ކައުންސިލާއި ބިން ދޫކުރވޭ ޕާޓީއާ ދެމެދު ވެވޭ އެބަސްވުމުގެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބިން ދޫކުރުމުގެ ގޮތުން ކައުންސިލާއި ބިން ދޫކުރެވޭ ޕާޓީއާ ދެމެދު ސޮއިކުރވޭ އެއްބަސްވުމުގައި އަންނަނިވި ޝަރުތުތައް ކައުންސިލުން ހިމަނަންވާނައެވެ.

(ނ) 1 ބިން ބޭނުންކުރަންވާނީ ދިވެހިރާއްޖޭގެ އެންމެހައި ޤާނޫނުތަކާއި ޤވާއިދުތައް ހުއްދަކުރާ ތަރަޙައިގެ ތެރޭގައިކަމާއި ބިމުގެ ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ނުކުރުން

2 ސިޔާސީ ޕާޓީއަށް ދޫކުރެވޭ ބިމުގައި ރަށުގެ ޢާންމު މަސްލަޙަތު ގެއްލޭފަދަ ކަންކަމާއި، އާއްމު ރައްޔިތުންނަށް އުނދަގޫ ވާފަދަ ކަންކަން ނުކުރުން

3 ސިޔާސީ ޕާޓީއަށް ދޫކުރެވޭ ބިމުގައި އިސްލާމް ދީނާއި ޚިލާފު އެއްވެސް ޢަމަލެއް ނުވަތަ ކަމެއް ނުވަތަ ޝިއާރެއް ބޭނުން ނުކުރުން

4 ސިޔާސީ ޕާޓީއަށާއި ދޫކުރެވޭ ބިމުގައި، ދިވެހިރާއްޖޭގެ ހާރިޖީ ގުޅުންތަކަށް ހީނަރުކަން ލިބިދާނެ ފަދަ، ނުވަތަ ބޭރު ޤައުމަކާއި ގުޅޭގޮތުން ނުވަތަ އެފަދަ ޤައުމަކަށް ނިސްބަތްވާ ރައްޔިތުންނާއި މެދު ނުރަނގަޅު ތަޞައްވުރެއް އުފެދޭ ޒާތުގެ އެއްވެސް ކަމެއް ނުކުރުން.

5 ސިޔާސީ ޕާޓީއަށް ދޫކުރެވޭ ބިން، ނަވަތަ ބިމުން ބައެއް ނަމަވެސް، އިތުރު ތިންވަނަ ފަރާތަށް ކުއްޔަށް ނުދެވޭނެކަމާއި އަދި އެއްވެސް ސިފައެއްގައި ވިޔަފާރީގެ ބޭނުމަށް ބިން ބޭނުން ނުކުރުން.

6 މި އުޞޫލުގައި ނުވަތަ ކައުންސިލާއި ބިން ދޫކުރެވޭ ޕާޓީއާއި ދެމެދު ވެވޭ އެއްބަސްވުމުގައި ބަޔާންކުރާ އެއްވެސް ކަމަކާއި ބިން ދޫކުރެވޭ ޕާޓީން ހިލާފުވެއްޖެނަމަ، އެއްބަސްވުން ބާތިލުކޮށް ބިން އަބުރާ ކައުންސިލަށް ނެގޭނެއެވެ.

7 މި އުޞޫލަކީ އެކި ފަހަރު މަތިން މި އުޞޫލަށް ގެނެވޭ އިސްލާޙުތައް ހިމެނޭގޮތުން،  ބިން ދޫކުރުމުގެ ގޮތުން ވެވޭ އެއްބަސްވުމުގެ ބައެކެވެ.

 

ބިންވަކިވާއިރު އެބިމުގައި ހަދާފައިވާ ބިންތަކުގެ ބަލަދުވެރިކަން ބަދަލުވުވެގެން ދާގޮތް     

  1.  

(ހ) މި އުޞޫލުގެ (6) ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބިން ވަކިވެގެން ދާއިރު އެބިމުގައި ހަދާފައިވާ އިމާރާތް ތަކާއި، ތަންތަން އަދި ނުއުފުލޭ އެންމެހާ މުދަލުގެ މިލްކުވެރި ފަރާތަކަށް ވަނީ ގއ.ކަނޑުހުޅުދޫ ކައުންސިލްއެވެ

(ށ) މި އުޞޫލުގެ (6) ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބިން ދޫކުރވިފައިވާ ފަރާތުން ބިން ވަކިކުރވޭ ހިނދު އެބިމަކަށް ކޮށްފައިވާ އެއްވެސް ޙަރަދަކަށް އެއް ބަދަލެއް ނުދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ކަނޑުހުޅުދޫ ކައުންސިލަށް ބަދަލުވެރިކަން ބަދަލުވެގެން އަންނަ އެއްވެސް މުދަލެއް ބަދަލެއް އެއްވެސް ފަރާތަކަށް ކަނޑުހުޅުދޫ ކައުންސިލުން ދައްކާކަށް ނުޖެހޭނެއެވެ.

މި އުޞޫލަށް އުނި އިތުރު

 

 

 

 

 

 

 

މަނާކުރުން  11

10 

(ހ)  މި އުޞޫލަށް އުނި އިތުރު ގެނައުމުގެ އިޙްތިޔާރާއި ބާރު ލިބިގެންވަނީ ކަނޑުހުޅުދޫ ކައުންސިލަށަވެ.

(ށ) މި އުޞޫލަށް އުނި އިތުރު ގެނެވޭނީ މި އުޞޫލުގެ ދަށުން ދޫކޮށް ފައިވާ ބިމެއްގެ އެއްވެސް މިލްކުވެރި ފަރާތެއްގެ ހައްގަކަށް ގެއްލުމެއް ނާންނާނެ ގޮތުގއ މަތިން އެކަމެއް ކައުންސިލުގެ ޢާންމު ބައްދަލުވުމަކަށް އެޖެންޑާކޮށް އެބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޢުލަބިއްޔަތުން ފާސްކުރުމުންނެވެ.

(ހ) "ކައުންސިލް" މި އުސޫލްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ ކައުންސިލް ކަމަށް ބުނެފައި އެވަނީ  ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން  ހިންގުމުގެ ޤާނޫން (ޤާނޫނު ނަންބަރު 2010/7) ގެ ދަށުން އިންތިޚާބުކޮށްފައިވާ ހުވަދު އަތޮޅު އިތުރުބުރީ ކަނޑުހުޅުދޫ ކައުންސިލަށެވެ.

(ށ) ސިޔާސީ ޕާޓީތައް ކަމަށް ބަޔާންކޮށްފައި އެވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށް ހިންގަމުން އަންނަ ސިޔާސީ ޕާޓީތަކަށެވެ.

(ނ) "ޕާޓީގެ ދަފްތަރު" ކަމުގެ ބުނެފައި އެވަނީ އިލެކްޝަން  ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ ޕާޓީގެ ދަފްތަރު ކަމަށެވެ.

 

08 ފެބުރުވަރީ 2024
ހޯދާ