ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ނީލަން ކިޔުން

ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުގެ ދަށުން މިޓްރައިބިއުނަލްގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި، ދައުލަތުގެ އެހެން އޮފީހަކަށް ބޭނުންކުރެވޭތޯ ބެލުމަށް ނީލަން ޕޯޓަލް މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފައިނުވާތީ، އެތަކެތި ދުވަހު ނީލަމުގައި ވިއްކާލުމަށް މިޓްރައިބިއުނަލްގެ ނަންބަރު: (IUL)223/1/2024/13 އިޢުލާނުން ވަނީ ގެޒެޓް ކުރެވިފައެވެ. ނަމަވެސް ނީލަމުގައި ބައިވެރިވި އެއްވެސް ފަރާތަކުން އެތަކެތި ގަނެފައިނުވާތީ އެތަކެތި ދުވަހުގެ ނީލަމުގައި ވިއްކާލުމަށް ދެވަނަފަހަރަށް އިޢުލާން ކުރަމެވެ.

މި ނީލަމުގައި ވިއްކާލެވޭތަކެތި ބަހާލެވިފައިވާ 4 (ހަތަރެއް) ލޮޓުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ލޮޓުތަކުގެ ނީލަން ފެށޭ އަގު އަދި ނީލަން ފެށޭ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު މިއިޢުލާނާއެކު ހިމެނިފައިވާނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ޝައުގުވެރިވާ ފަރާތްތަކުން 22 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް މި ޓްރައިބިއުނަލަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އަމިއްލަ ފަރުދެއްނަމަ  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ގެންނަވަން ވާނެއެވެ.

ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި މި ޓްރައިބިއުނަލަށް ފައިސާ ދެއްކެމަށްފަހު އެތަކެތި ގެންދަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3001533 ނަންބަރު ފޯނަށެވެ.

14 ފެބުރުވަރީ 2024
ހޯދާ