މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުދަން ބިން ކުއްޔަށް ދޫކުރުން

ރަށުގައި ވިޔަފާރިކުރުމަށާއި، މުދާ ގުދަންކުރުމާއި ރައްޔަތުންގެ ޒަރޫރީ ކަންކަމަށް ބޭނުންހިފޭނެ ގިނަ ތަކެތި ރަށުން ލިބޭނޭމަގު ފަހިކޮށްދިނުމުގެ މަޤްޞަދުގައި، ތެލުގެ ވިޔަފާރި ކުރުމަށް ކުރިން ދޫކުރެވިފައިވާ ބިމުގައިވާ ޢިމާރާތް މެދުން ބައިކުރުމަށްފަހު ދެބައެއްގެ ގޮތުގައި 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، ޢިމާރާތް ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ (ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ) ފަރާތްތަކުން 2024 ފެބުރުވަރީ 20 ވަނަ ދުވަހުގެ 13:00އަށް މި އިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ.

ޢިމާރާތް ކުއްޔަށް ދޫކުރުމަށް އެކުލަވާލެވިފައިވާ މަޢުލޫމާތު ޝީޓާއި، ބިޑު ހުށަހަޅާ ފޯމު މި އިދާރާގެ ވެބްސައިޓުންނާއި، ގެޒެޓުން އަދި ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. އަދި މި ބިން ކުއްޔަށް ދޫކުރުމާއި ގުޅޭގޮތުން ކުރެވުނު މި އިދާރާގެ   ނަންބަރު:   (IUL)364/2024/11 އިޢުލާން ބާތިލް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

14 ފެބުރުވަރީ 2024
ހޯދާ