ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރުން

ޤާނޫނު ނަންބަރު: 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 107 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިހިނގާ ފެބުރުވަރީމަހު ބާއްވަން ލާޒިމްކުރާ ޖަލްސާ 2024 ފެބުރުވަރީ 23 ވާ ހުކުރު ދުވަހުގެ ރޭ 08:30 ގައި ފ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ "ގޮމަވަތި" ހޯލުގައި އޮންނާނެއެވެ. މިބައްދަލުވުމުގައި 2023 ވަނަ އަހަރުގެ އަހަރު ރިޕޯޓާއި މާލީ ބަޔާނާއި އޮޑިޓް ރިޕޯޓާބެހޭ މަޢުލޫމާތު ރައްޔިތުންނާ ޙިއްސާ ކުރުން އޮންނާނެއެވެ.

ވީމާ، މިބައްދަލުވުމަށް ވަޑައިގެން ދެއްވުން އެދި ފ. ނިލަންދޫގެ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

03 ޝަޢުބާން 1445

13 ފެބުރުވަރީ 2024

13 ފެބުރުވަރީ 2024
ހޯދާ