މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީއަށް އިންތިޚާބުކުރާ މެންބަރުންގެ މަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

އިޢުލާން

ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީއަށް އިންތިޚާބުކުރާ މެންބަރުންގެ މަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން:

މިއިދާރާގެ ނަންބަރ: (IUL)338-ESMS/338/2023/61 (06 އޮގަސްޓް 2023) އަދި (IUL)338-ESMS/338/2023/72   (21 ސެޕްޓެމްބަރ 2023) ވަނަ ދުވަހު ކުރެވުނު އިޢުލާނާއި ގުޅިގެން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީއަށް، ޢާންމު ރައްޔިތުން ތަމްސީލް ކުރާ 02 (ދޭއް) މެންބަރުންގެ ތެރެއިން އެ މަޤާމަށް ކުރިމަތިލާފައިވަނީ 01 (އެކެއް) މެމްބަރު ކަމަށްވާތީ، ހުސްކޮށް އޮތް މަޤާމަށް މެމްބަރަކު އިންތިޚާބު ކުރުމަށްޓަކައި މި މަޤާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދެންވީމެވެ.

 ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން މި އިދާރައަށް ނަން ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ފެބުރުވަރީ 2024
ހޯދާ