މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުން.

ޤާނޫނު ނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ރައްޔިތުންނަށް ބޭއްވޭ ބައްދަލު ވުމެއް، މި ހިނގާ ފެބުރުވަރީ މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ ރޭ 08:45 ގައި، ނ.މިލަދޫ ހިދާޔާ ސްކޫލްގައި އޮންނާނެއެވެ.

މި ބައްދަލު ވުމުގައި ރައްޔިތުންނާ މަޢުލޫމާތު ޙިއްޞާ ކުރާނީ، 2023 ވަނަ އަހަރުގެ ނ.މިލަދޫ ކައުންސިލްގެ އަހަރީ ރިޕޯރޓާއި، 2024 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލާ ގުޅޭގޮތުންނެވެ.

ރައްޔިތުންނާ ބައްދަލުކޮށް، މި ދެންނެވި މަޢުލޫމާތު ޙިއްޞާ ކުރިނަމަވެސް، މި މަޢުލޫމާތުތައް، މިއަދުން ފެށިގެން، ރަސްމީ ގަޑިގައި ބެއްލެވޭނެ އިންތިޒާމް މި އިދާރާގައި ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ. މީގެ އިތުރުން ހިއްސާ ކުރެވިފައިވާ ލިންކު މެދުވެރިކޮށް އޮންލައިންކޮށް ވެސް ބެއްލެވޭނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

13 ފެބުރުވަރީ 2024
ހޯދާ