ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މި އޭޖެންސީގެ ލެބޯޓްރީއަށް ބޭނުންވާ 12،000 (ބާރަހާސް) މަލްޓި ޑްރަގް ވަން ސްޓެޕް ޓެސްޓިންގ ކިޓްސް އަދި 12،000 (ބާރަހާސް) އިންޑިވިޖުއަލީ ޕެކްޑް ނަން ސްޓެރައިލް ސްޕެސިމެން ކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި އޭޖެންސީގެ ލެބޯޓްރީއަށް ބޭނުންވާ 12،000 (ބާރަހާސް) މަލްޓި ޑްރަގް ވަން ސްޓެޕް ޓެސްޓިންގ ކިޓްސް އަދި  12،000 (ބާރަހާސް) އިންޑިވިޖުއަލީ ޕެކްޑް ނަން ސްޓެރައިލް ސްޕެސިމެން ކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މަލްޓި ޑްރަގް ވަން ސްޓެޕް  ޓެސްޓިންގ ކިޓްސް އަދި އިންޑިވިޖުއަލީ ޕެކްޑް ނަން ސްޓެރައިލް ސްޕެސިމެން ކަޕް  ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 13 ފެބުރުއަރީ 2024 ވާ އަންގާރަ ދުވަހުން ފެށިގެން 21 ފެބުރުއަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް އަދި އިވެލުއޭޝަން ކްރައިޓީރިއާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުއްވުން

22 ފެބުރުއަރީ 2024 (ބުރާސްފަތި)

10:00 (މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

            

 

13 ފެބުރުވަރީ 2024
ހޯދާ