ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުޞޫލު ނަންބަރު (PP)383/383/2022/3 (ވިލުފުށީ ކައުންސިލްގެ ޙައްޖު ދަތުރާގުޅޭ އުޞޫލު) ގެ 8 ވަނަ މާއްދާގެ 4 ވަނަ ނަންބަރަށް ގެނެވޭ 1 ވަނަ އިސްލާޙު

 

  1. ފަރުޟު ޙައްޖުވުމުގެ އެހީދޭނެ ފަރާތެއް ކަނޑައެޅުމުގެ ޝަރުތުތައް:
  2. ފަރުޟު ޙައްޖެއް އަދާކޮށްފައިވާ މީހެއްކަމުގައި ނުވުން.
  3. ވިލުފުށީގެ ރަށްވެހީންގެ ރަޖިސްޓްރީގައި ހިމެނޭ މީހެއްކަމުގައިވުން.
  4. އަމިއްލަ ޚަރަދުގައި ޙައްޖަށްދާނެ ތަނަވަސްކަން ނެތްމީހެއް ކަމުގައިވުން.
  5. މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
  6. އެހެންމީހެއްގެ އެހީއާނުލައި އަމިއްލައަށް އުޅެވޭ ފަދަ ޞިއްޙީ ޙާލަތު ރަނގަޅު މީހެއްކަމުގައިވުން.
  7. ޖިނާއީ ކުށެއްގެ ތުހުމަތުގައި ތަހުޤީގު ކުރެވެމުންދާ މީހެއްކަމުގައި ނުވުން އަދި އެފަދަ ކުށެއް ސާބިތުވެ ޙުކުމް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން.
13 ފެބުރުވަރީ 2024
ހޯދާ