މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ ޕްރީސްކޫލަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލުން

2024ވަނަ އަހަރު ށ.ފޭދޫ ޕްރީސްކޫލުގެ ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފަރާތްތަކުން މިއިދާރާއިން ދޫކުރާ ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް، ފުރިހަމަކުރުމަށްފަހު 22 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ފޯމް މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓްwww.feydhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9719156 ފޯނާއި ގުޅުއްވުން އެދެމެވެ.

 

ސްކޫލަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާގޮތް:

ބޭބީ ނާސަރީ

2023 ޑިސެމްބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

ނާސަރީ

2023 ޑިސެމްބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

 

        2024 މާރިޗު 31 އަށް 2 އަހަރު ފުރޭ ކުދިންނަށް ބެލެނިވެރިޔާ ބޭނުންވާނަމަ 22 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ސިޓީ އެއް ހުށަހެޅުމުން އެފުރުސަތު ދެވޭނެ ވާހަކަ ދެންނެވީމެވެ.

            ވީމާ، މިކަން އާންމުކޮން އަންގާ އިޢުލާންކުރީމެވެ.

12 ފެބުރުވަރީ 2024
ހޯދާ