އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ތަޒުކިރަތި މިސްކިތުގައި ނެވިލޯން އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިރަށު މަސްޖިދުލް ތަޒުކިރަތި މިސްކިތުގެ އެތެރޭގައި 1445ހ ރަމަޟާން މަސް ފެށުމުގެ ކުރިން ނެވިލޯން  VINYL)) އަޅާދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

          ވުމާއެކު، މިކައުންސިލްގެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އެމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެ ލައްވާ ފަރާތް ތަކުން މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށް ދިނުމާއި އެސްޓިމޭޓް ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ދުވަސްތަކުގައެވެ.

  • މަޢުލޫމާތު ސާފުކޮށް ދިނުން އޮންނާނީ 13 ފެބުރުއަރީ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13.00 ގައި

މިކައުންސިލް އިދާރާއިގެ ޖަލްސާކުރާ މާލަމް ގައެވެ.

  • މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ގެންނަން ބޭނުންވާ ނެވިލޯން  VINYL)) އެއްގެ ފިޒިކަލް ސާންޕަލް 15 ފެބުރުއަރީ

2024 ދުވަހުގެ 14.00 ގެކުރިން މިކައުންސިލްގެ އިދާރާއަށް ހުށަހަޅަން ވާނެއެވެ.

  • އެސްޓިމޭޓް ހުށަހެޅުމާއި، ބަލައިގަތުން އޮންނާނީ 18 ފެބުރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 13.00

 ގައި މިކައުންސިލް އިދާރާއިގެ ޖަލްސާކުރާ މާލަމް ގައެވެ.

  • މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަށްވަން ބޭނުންފުޅުވެ ލައްވާނަމަ ނައިބް ރައީސް ޢިމްރާން އަޙްމަދު ނަންބަރު

 7770892 އާއި ގުޅުއްވުން އެދެމެވެ.

  ވީމާ، މިބައްދަލު ވުމުގައި ބައިވެރިވުމަށް ބަދަލުގައި ބޭފުޅަކު ދުރުވާނަމަ ބަދަލުގައި ދުރުވާނީ، ހަމަޖެހިފައިވާ އުޞޫލާއި

އެއްގޮތަށް ބަދަލުގައި ދުރުވާކަމުގެ ސިޓީއެއް ހިއްޕަވައިގެންނެވެ.

          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ފެބުރުވަރީ 2024
ހޯދާ