ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު ( Desk Assembling)

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

މި ސްކޫލްގެ ދަރިވަރުންގެ ކްލާސްރޫމްތަކުގައި ބޭނުންކުރުމަށް ތައްޔާރުކުރެވިފައިވާ 160 ޑެސްކު ރޭވުމުގެ މަސައްކަތަށް އަގުހުށަހެޅުމަށް ހުޅުވާނެލެވުނު ފުރުސަތުގައި ލިބިފައިވާ އަގުތައް

އެމަސައްކަތަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުކަމުގައިވާތީ، އަލުން މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.  

#

ޑެސްކުގެ ތަފްސީލް

ބޭނުންވާ އަދަދު

1

ޓްރެޕީޒިއަމް ޑެސްކު

10

2

ޕްރައިމަރީ ޑެސްކު

60

3

ސެކަންޑަރީ ޑެސްކު

90

ޑެސްކް ރޭވުމަށް ޖަހާ ކޮންމެ އިސްކުރެއް ޖަހަންވާނީ ހުދުތެރަސް ލާފައެވެ. ޑެސްކްތައް ރޭވުމަށް ބޭނުންވާ ކުރެހުން ހިމެނޭ ސްޕެސިފިކޭޝަން މި އިޢުލާނާއި އެއްކަރުދާސްކުރެވިފައިވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ފެބުރުވަރީ 15 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected]

އަށް ހުށަހެޅުން އެދެމެވެ. އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ.

1- މަސައްކަތަށް ކަނޑައަޅާ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހެޅުން

2- މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކުރުން

3- މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ

ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

12 ފެބުރުވަރީ 2024
ހޯދާ