ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ފީއަލީ މިސްކިއްތަކުގެ މަރާމާތު މަސައްކަތް ކުރުން

ނަންބަރު : (IUL)370-ESMS SC/370/2024/3

 

 

 

 

އިޢުލާން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

ފ.ފީއަލީ މިސްކިއްތަކުގެ މަރާމާތު މަސައްކަތް ކުރުން

 

  1. ފ.ފީއަލީ މިސްކިއްތަކުގެ ކުރަންހުރި މަރަމާތު މަސައްކަތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ފެބްރުއަރީ 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީ ވުމަށް ޚާއްޞަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު މި އިދާރާގެ އީމެއިލް: [email protected] އަށް ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށަހެޅުމަށް ދަންނަވަމެވެ. މުއްދަތުގެ ފަހުން ރަޖިސްޓްރީ ވުމަށް ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ. އަދި މެއިލް މެދުވެރިކޮށް ލިބޭ ފޯމްތައް ބަލައިގަތުމުގައި ބެލޭނީ މި އިދާރާއަށް ފޯމް ލިބިފައިވާ ގަޑިއަށެވެ.
  4. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  5. މި ބީލަމާގުޅޭގޮތުން ތައްޔާރުކުރެވިފައިވާ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި، ބީލަމަށް ރަޖިސްޓްރީކުރެވޭ ފަރާތްތަކުގެ އީމެއިލްއަށް ފޮނުވޭނެއެވެ.
  6. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އެކަމެއް ސާފުކުރުމަށް 7666594 ގުޅުމަށް ނުވަތަ އީމެއިލް ކުރައްވާނީ 15 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] ށެވެ.
  7. ބިޑް ހުޅުވުން އޮންނާނީ 21 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 10:00 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑާއިގަންނަވާނެއެވެ.

 

      ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ

      އަމީނީމަގު، ފ.ފީއަލީ، ދިވެހިރާއްޖެ.

      ފޯން: 6740012، 7666594

      އީމެއިލް: [email protected]

      ކޮޕީ:  [email protected]

1445 H 2

12 ފެބްރުއަރީ 2024

                                    

 

 

 

                                                  މުޙައްމަދު ޖަލީލް

                                                ފީއަލީ ކައުންސިލްގެ ނާއިބް ރައީސް

 

 

12 ފެބުރުވަރީ 2024
ހޯދާ