ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންޓާން

މި އޮތޯރިޓީގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ތިރީގައި މި ދަންނަވާގޮތަށް މީހަކު ބޭނުންވެއެވެ.

މަޤާމް: 

އިންޓާން

ބޭނުންވާ ޑިވިޜަން/ސެކްޝަން/ދާއިރާ:

ކޯޕަރޭޓް ސަރވިސް ޑިވިޜަން 

 ބޭނުންވާ އަދަދު:

 01 (އެކެއް)

 ބޭނުންވާ މުއްދަތު:

 01 (އެކެއް) އަހަރު

 އެލަވަންސް:

 ހާޒިރުވާ ކޮންމެ ރަސްމީ ދުވަހަކަށް -/165 ރުފިޔާ

 މަސައްކަތްކުރަންޖެހޭ ވަގުތު:

 08:00 ން 14:00 އަށް

 މައިގަނޑު މަސައްކަތް


  • ކޯޕަރޭޓް ސާރވިސް ޑިވިޜަންގެ މަސައްކަތަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން
  • ސެކްޝަންތަކުގެ ޑޮކިއުމެންޓްސްތައް ސްކޭންކޮށް ފައިލްކުރުން 
  • ޕްރޮކިޔުމަންޓް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިންުން 
  • ފައިނޭންސް އަދި އެޗް.އާރް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން
  • މިނޫންވެސް އިދާރީ އެންމެހާ މަސައްކަތްތަކުގައި އެހީތެރިވެދިނުން

 ތައުލީމީ ފެންވަރު:

 

  • އެސް.އެސް.ސީ އިމްތިހާނުގެ "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގުރޭޑެއް ލިބިފަިވުމާއިއެކު އޯލެވެލް އިމްތިހާނުގެ އިތުރު މާއްާދާއަކުން "ސީ"ނުވަތަ އެއަށްވުރެ މަތީ ގުރޭޑެއް ލިބިފައިވުން. 

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު
  2. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

 އެދެންވީގޮތާއި ސުންގަޑި:

  • ޝައުޤުވެރިވާ ފަރާތްތަކުން 20 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މި އޮތޯރިޓީއަށް އިންޓަރންޝިޕަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތައް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އީ-މެއިލް އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ފޯމް ބަލައިގަނެވޭނެއެވެ.

 އިތުރު މަޢުލޫމާތު:

  • އިންޓަރންޝިޕަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މިއޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މައުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013100 އިން ސާފުވާނެއެވެ.
12 ފެބުރުވަރީ 2024
ހޯދާ