ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިއުމާއި ގުޅޭ:

   ފުވައްމުލަކު މިސްކިތްމަގު ދިލްކަޝް ގޯޅީގައި (އެމިލީ ގޯއްޗާއި،މިސްޓް ގޯއްޗާއި ދެމެދުން) ހުރި ނަންބަރު 01،02،03 ޖަހާފައިވާ ފޯދުނު 03 ދިވެހިރުކުގެ ނީލަންކިޔުން 2024 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ ހެދުނު 9:00 ގައި އެރުއްތަކުގެ ކައިރީގައި އޮންނާނެއެވެ.

   ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ފެބުރުވަރީ 14 ވާ ބުދަ ދުވަހު 9:00 އަށް އެތަނަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ. ނީލަމުން ރުއްގަސް ނަންގަވާ ފަރާތްތަކުން 2024 ފެބުރުވަރީ 18 ގެ 12:00 ގެކުރިން ފުވައްމުލަކު ސިޓީކައުންސިލަށް ފައިސާ ދައްކަވައި 2024 ފެބުރުވަރީ 20 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަކެތި އެތަނުން ނެންގެވުން އެދެމެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެތް ތަކެތި ކަމުގައި ބަލާ އުކާލެވޭނެއެވެ.

   މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ފެބުރުވަރީ 2024
ހޯދާ