ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުން

ސިޔާސީ ޕާޓީތަކަށް ބިންދޫކުރުން

 

 ސިޔާސީ ޕާޓީ ތަކަށް ބިން ދޫކުރުމާއި ބެހޭ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބީލަމުގެ އުޞޫލުން މިރަށު ބަނދަރުގެ ދެކުނު ސަރަޙައްދުން 02 ބިމެއް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

 ވީމާ، އިސްވެދެންނެވި ބޭނުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަތަކުން 29 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 13:00އަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ބިމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ބިމަށް އެދޭ ފޯމް މިއިދާރާއަށް ބަލައިގަނެވޭނީ ފައިސާ ދެއްކި ސްލިޕާއި އެކު ހުށަހެޅުމުން ކަމުގައި ދަންނަވަމެވެ. އަދި ބިމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓުން ލިބެން ހުންނާއެވެ.

  • ބިމަށް އެދޭ ފޯމެއްގެ އަގަކީ -/500ރ އެވެ.
  • އެކައުންޓް ނަންބަރ 7712700467001 ( 1466 ރެވެނިއު 1)

#

ތަފްޞީލް

ބިމުގެ އަދަދު

ބިމުގެ ބޮޑުމިން

ބީލަން ފެށޭ އަގު

1

ސިޔާސީ ޕާޓީ ހިންގުމަށް

2

1500އަކަފޫޓް

އަކަފޫޓަކަށް 50ލާރި

 

       އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް 6820020 އަށް ގުޅުއްވުން އެދެމެވެ.

11 ފެބުރުވަރީ 2024
ހޯދާ