ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު 

  އިދާރީ ދާއިރާތައް ލާމަރުކަޒީގޮތުން ހިންގުމުގެ ޤާނޫނުގެ 107 ނަންބަރުގައިވާ ގޮތުގެ މަތިން މިކައުންސިލްގެ ފަރާތުން ޢާންމުކޮށް ހުޅުވާލައިގެން ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 17 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހުގެ ރޭ 09:00 ގައި ރަތަފަންދޫ ސުކޫލުގެ އޭ.ވީ ރޫމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓް އާއި މާލީ ރިޕޯޓް، އަދި މި އަހަރުގެ އެކްޓިވިޓީ ޕުލޭން ހުށަހެޅުން އޮންނާނެއެވެ.

  ވީމާ، މިބައްދަލުވުމަށް ރަތަފަންދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ފެބުރުވަރީ 2024
ހޯދާ