މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.މާޅޮހުން ފަތުރުވެރިކަމުގެ ބޭނުމަށް ބިން ކުއްޔަށް ދިނުމާއި ގުޅޭ

ބ.މާޅޮހުގައި ފަތުރުވެރިކަމުގެ އަންނަނިވި މަޝްރޫޢުއަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

  1. ގެސްޓްހައުސް ތަރައްޤީކުރުމަށް ބިން ކުއްޔަށް ދިނުން (5,000 އަކަފޫޓުގެ 03 ބިން)  

   މި މަޝްރޫއުގެ ބީލަންފޮތް 2024 ފެބްރުއަރީ 12 ވާ ހޯމަ ދުވަހުންފެށިގެން 2024 ފެބްރުއަރީ 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 14:00 އާދެމެދު މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ  -/5000ރ ( ފަސްހާސް ) ރުފިޔާއެވެ. އަދި ބީލަންފޮތް ގަންނަ ފަރާތްތަކަށް އިތުރު މަޢުލޫމާތު ދިނުމުގެ ގޮތުން މަޢުލޫމާތު ސެޝަނެއް، 2024 މާރޗް 03 ވާ އާދިއްތަ ދުވަހުގެ 13:00ގައި މި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އޮންލައިންކޮށްވެސް މި ސެޝަންގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖައްސާދެވޭނެއެވެ. މި ޕްރޮޖެކްޓްގެ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ، 2024 މާރޗް 10 ވާ އާދިއްތަ ދުވަހުގެ 13:00އެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ކޮން ޕްރޮޖެކްޓެއްކަން އެނގޭގޮތަށް ނަން ޖަހަން ވާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. މި ބީލަމުގައި  ގެސްޓްހައުސްތަކަށް ކުރިމަތިލެވޭނީ ދިވެހި ރައްޔިތުންނަށާއި، ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ސައްތައިންސައްތަ ދިވެހި ކުންފުނިތަކަށާއި، ދިވެހި ޕާޓްނަރޝިޕްތަކަށާއި، ލޯކަލް އިންވެސްޓްމަންޓްތަކަށެވެ. މަޝްރޫޢުތަކަށް ކައުންސިލުން ހޭދަކުރަންޖެހޭ ގޮތަށް ބިޑް ހުށަހަޅައިގެން ނުވާނެއެވެ. 

  1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް

ގެސްޓް ހައުސްގެ ބިޑަށް މާރކްސް ދޭނެގޮތް

#

މާރކްސް ދެވޭ ކްރައިޓީރިޔާ 

މާކްސްދެވޭ މިންގަނޑު

 1

ކުލި

50

 2

ތަރައްޤީކުރަން ހުށަހަޅާ ކޮޓަރީގެ ޢަދަދު

20

 3

ތަރައްޤީކޮށް ނިންމަން ހުށަހަޅާ މުއްދަތު

20

 4

ސީ.އެސް.އާރ

10

2 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި

   1 އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ

   2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް

   3 ޕްރޮޕޯސަލް ފޯރމް ހުށަހަޅާއިރު ފޯރމްގައިވާ އެންމެހާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. 

  3 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

         ފޯންނަމްބަރ :          4006020

          އީމެއިލް އެޑްރެސް :  [email protected]

 މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.              

08 ފެބުރުވަރީ 2024
ހޯދާ