ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެންނެވުން

މި ދުވަސްވަރަކީ ލ. ގަމުގެ ގިނަ މަގުތަކެއް ހެދުމުގެ މަސައްކަތްކުރިއަށްދާ ދުވަސްވަރެކެވެ. އަދި ހަމައެކާއެކު، އުސޫލާ ޚިލާފަށް ގިނަ ފަރާތްތަކުން މަގުމަތީގައި އަކިރި ފުނި ޖަހަމުންދާކަމަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް ކަންތައްކުރުމުގެ ސަބަބުން މަގު ހެދުމުގެ މަސައްކަތަށް ދަތިތަކާ ކުރިމަތި ލާންޖެހެއެވެ.

ވީމާ، މަގުމަތީގައި އަކިރިފުނި ޖަހާފަވައިވާ ފަރާތްތަކުން، މި އަކިރިފުނިތައް 7 ދުވަހުތެރޭ ނަގާ ނިންމެވުން އެދެމެވެ. މިމުއްދަތު ހަމަވުމަށްފަހު މަގުހެދުމުގެ މަސައްކަތްކުރިއަށްދާއިރު އެ ހަދާމަގެއްގައި ޖަހާފައިހުންނަ އަކިރި ފުނިތައް ނައްތާލާނެކެމުގައި ދަންނަވަމެވެ. އަދި މީގެ ފަހުން މަގުމަތީގައި އަކިރިފުނި ނުޖެހުމަށް އެ ކަންކުރާ ފަރާތްތަކަށް އަންގަމެވެ.

                            26  ރަޖަބު       1445ހ

                    07 ފެބުރުވަރީ     2024މ 

07 ފެބުރުވަރީ 2024
ހޯދާ