މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިދޯނި ފަހަރު އެހެލާ ބޭލުމާއި ގުޅޭ

     މިރަށުގެ ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު 29 ޖަނަވަރީ 2024 ވީ ހޯމަ ދުވަހު ވަނީ އާންމުކުރެވިފައެވެ. މިއުޞޫލުގެ ދަށުން އެކިއެކި ސަރަޙައްދުތަކުގައި އެހެލާ ބާލާފައިހުރި އޮޑިދޯނި ފަހަރުތައް 20 ފެބުރުވަރީ 2024 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިކައުންސިލްގައި ރަޖިސްޓަރީކުރެއްވުން އެދެމެވެ. އަދި 07 ފެބުރުވަރީ 2024 (މިއަދުން) ފެށިގެން އޮޑިދޯނި ފަހަރު އެހެލާ ބާލަން ބޭނުންވާ ފަރާތްތަކުން އެކަން ކުރަންވާނީ ކައުންސިލްގެ ހުއްދަ ހޯދުމަށްފަހު، އެކަމަށް ހާއްސަ ކުރެވިފައިވާ ސަރަޙައްދަށެވެ. އަދި އެހެލާ އުޅަނދު ފަހަރުން 15 ދުވަހަށްވުރެ އިތުރުވާ ކޮންމެ ދުވަހަކަށް ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ފީ ނެގޭނެއެވެ. އަދި ގަވާޢިދާ ޚިލާފުވާ ފަރާތްތައް ގަވާއިދުގައިވާ ގޮތުގެ މަތިން ޖޫރިމަނާކުރެވޭނެއެވެ. މިފަދަ އެންމެހާ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

އޮޑިދޯނި ފަހަރު އެހެލާ ބޭލުމަށް ހާއްސަ ކުރެވިފައިވާ ސަރަޙައްދު    

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

07 ފެބުރުވަރީ 2024
ހޯދާ