ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ލަފާދޭ ކޮމެޓީ އެކުލަވާލުމާ ގުޅޭ

ކައުންސިލަށް ލަފާދޭ ކޮމެޓީ އެކުލަވާލުމާ ގުޅޭ

                 ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އެނިންމުންތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީ ވަނިވި އުޞޫލުން ނިންމާ ނިންމުންތަކެއްގެ ގޮތުގައި ބޭއްވުމަށް ލާމަރުކަޒީ ޤާނޫނުން 2010/7 އިން ލާޒިމްކުރެއެވެ. އެހެންކަމުން މިކައުންސިލްގެ 04 ވަނަ ދައުރަށް އިންތިޚާބުކުރެވުނު ކައުންސިލާއެކު އެކުލަވާލެވުނު " ކައުންސިލަށް ލަފާދޭ ކޮމެޓީ " މިކައުންސިލްގެ އޖ/2022/04/55 ނަންބަރު ބައްދަލުވުމުން އެކޮމެޓީ އުވާލައި އައުކޮމެޓީއެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މިއިދާރާގެ ނަންބަރ: (IUL)399-CA/399/2023/140 ( 05 ނޮވެމްބަރ 2023) އިޢުލާނަށް އެކަށީގެންވާ ވަރަށް ކުރިމަތިލާފައިނުވާތީ މި ކައުންސިލްގެ ލަފާދޭ ކޮމެޓީ އަލުން އެކުލަވާލުމަށްޓަކައި ކޮމެޓީގެ މެމްބަރަކަށް ވުމަށް ޝައުޤުވެރިކަން ހުރި ތިރީގައި ބަޔާންކޮށްފައިވާ ދާއިރާތަކަށް މީހުން ހޯދުމަށް ފުރުޞަތު ހުޅުވާލައި އަލުން އިޢުލާން ކުރަމެވެ.

މެމްބަރުން ބޭނުންވާ ދާއިރާތަށް:

ޞިއްޙީ/ ތަޢުލީމީ/ ދަނޑުވެރިކަން/ ފަތުރުވެރިކަން/ މަސްވެރިކަން/ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް ނުވަތަ އެފަދަ ފަރާތެއް ތަމްސީލްކޮށްދޭ ފަރާތެއް/ އުމުރުން 55 އަހަރުންމަތީ މީހެއް / ވޭތުވެދިޔަ ދައުރުތަކުގައި ލ.އަތޮޅު ނުވަތަ ގަމު ކައުންސިލްގެ މެމްބަރެއް / އަންހެން ކަނބަލެއް

ވީމާ،މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުގެ ވަނަވަރާއި ކުރިމަތިލާ ދާއިރާ އެނގޭގޮތަށް    20ފެބްރުވަރީ 2024 ވަނަ ދުވަހުގެ 14:00 ގެ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

  07 ފެބްރުވަރީ 2023

07 ފެބުރުވަރީ 2024
ހޯދާ