މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ ހޮޅި ވަޅުލުމަށްޓަކައި ނަގަންޖެހޭ ރުއްގަހުގެ ވެރިން ހޯދުމާއި ގުޅޭ

މިރަށުގައި އަޅަންޖެހޭ ފެނާއި ނަރުދަމާގެ ހޮޅިލައިން ވަޅުލުމަށް ހަމަޖެހިފައިވާ މޫނިމާގޭ ގޯޅިއަށް އަރާގޮތަށް ހުރި ކަޅުދަވާދުން ނަންބަރު: 1,2,3,4,5,6,7,8,9,10,11,12 ޖަހާފައިވާ 12 ރުކާއި، މިރަށު ހިޔާ އަދި ޗަމަން ގޯތީގެ ހުޅަނގުން އޮންނަ ގޯޅިން ނަންބަރު: 18,19,20,21 ޖަހާފައިވާ 04 ރުކާއި، މިރަށު އަފްޒާ އަދި ނިޝާން ގޯތީގެ ހުޅަނގުން އޮންނަ ގޯޅި ނަންބަރު: 1 ޖަހާފައިވާ 1 ގަސް ފޭރު އަދި ނަންބަރު 22 ޖަހާފައިވާ 1 ރުކާއި، އަދި މިރަށު ވިނަރެސް އަދި ސިލްވަރބީޗްގެ ދެކުނުން ނަންބަރު: 1 ޖަހާފައިވާ 1 ގަސް މުރަނގަ އަދި 1 ގަސް ހިތީގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއްޖެއެވެ. 

                       ވީމާ މަތީގައި ދެންނެވިފައިވާ ރުއްގަހުގެވެރިން 14 ފެބްރުއަރީ 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރުއްގަހުގެ ބަދަލަށް އެދޭފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ރުއްގަހުގެ ބަދަލަށްއެދޭފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ.

                        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ފެބުރުވަރީ 2024
ހޯދާ