ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސޯލާ ގްރިޑް ހަރުކުރެވިފައިވާ އިމާރާތު ހުރި ގޮޅިތައް ކުއްޔަށް ދޫކުރުން

 

ހދ. ވައިކަރަދޫ ބަނދަރުގެ އިރުމަތީކޮޅުގައި ހަދާފައިވާ ސޯލާގްރިޑް ހަރުކުރެވިފައިވާ 3 ހަޓުގެ ތެރެއިން އެންމެ ދެކުނަށް ހުރިހަޓް (ސީ ބްލޮކް)ގެ 8 ގޮޅި ކުއްޔަށް ނަންގަވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

1-       ގޮޅިކުއަޔްށްދޭ މުއްދަތު: ގޮޅިތައް ކުއްޔަށް ދެވޭނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ގިނަވެގެން 15 (ފަނަރަ) އަހަރު ދުވަހެވެ.

2-       ކުރިމަތިލާ ފަރާތުގެ ހުންނަންޖެހޭ ޝަރުތު: މިގޮޅިތަކަށް ކުރިމަތި ލެވޭނީ 18 އަހަރު ފުރިފައިވާ ހދ.ވައިކަރަދޫގެ ރަޖިސްޓްރީގައިވާ މީހުނަށެވެ.

3-       ގޮޅީގެ ކުލި: މިގޮޅިތަކުގެ ކުއްޔަކީ މަހަކަށް 100.00( އެއްސަތޭކަ ) ރުފިޔާއެވެ.

4-       މި 8 ގޮޅީގެ ތެރެއިން 4 ގޮޅި ޚާއްޞަކުރެވިފައިވަނީ އަންހެން ކަނބަލުންނަށެވެ. އަދި އަނެއް 4 ގޮޅި ޚާއްޞަކުރެވިފައިވަނީ ފިރިހެން ބޭފުޅުންނަށެވެ.

ވީމާ، މި ތަން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 22 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރޭޝަން ފޯމް" ފުރިހަމަކޮށް ރަޖިސްޓަރީ ކުރެއްވުމަށް ފަހު މިކައުންސިލުން ދުކުރާ ބީލަން ފޯމް ފުރުއްވާ ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީކުރާ ފަރާތްތަކަށް ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

  • ބީލަން ރަޖިސްޓްރީ ފޯމްގެ ލިންކު:  https://forms.gle/dE8Dpym9zKb5pWsa8  
  • އޮންލައިން ފޯމް ފުރާފަރާތްތަކުން، ފޯމް ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6520046 ފޯނާ ގުޅުއްވާ ޔަގީން ކުރަންވަން ވާނެއެވެ.
  • ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ބީލަން ބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ.

ތަފްޞީލް

ތާރީޚް

ގަޑި

ރަޖިސްޓްރީވުމުގެ ސުންގަޑި

22 ފެބްރުއަރީ 2024

11:00

މަޢުލޫމާތު ދިނުން

26 ފެބްރުއަރީ 2024

10:00

ބީލަން ހުށަހެޅުން

29 ފެބްރުއަރީ 2024

13:30

 

ބީލަމާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމާއި ބީލަން ހުށަހެޅުން އޮންނާނީ ވައިކަރަދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޕްރީ ބިޑް (މަޢުލޫމާތު ސެޝަން) ގައި ބައިވެރިވެ ވަޑައިނުގެންނެވި ކަމުގައި ވިޔަސް ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް ބީލަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ފެބުރުވަރީ 2024
ހޯދާ