މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ސިވިލް އޮފިސަރ (ވަގުތީ)

އިޢުލާން                                                         

ތިރީގައި ދެންނެވިފައިވާ މަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް އިޢުލާން ކުރަމެވެ.                                                               

މަޤާމުގެ ނަން:

އެސިސްޓެންޓް ސިވިލް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ޤިންތި:

ވަގުތީ (06 މަސް)

ރޭންކް:

ސީ 2

ކްލެސިފިކޭޝަން:

އޮޕަރޭޝަނަލް ސިވިލް އޮފިސަރސް

މުސާރަ:

މަހަކު5,400.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,500.00ރުފޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު  2,430.00ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:       

އޮފެންޑަރ މެޖޭމްމަންޓް (ހެޑްއޮފީސް)

ފެންވަރު ނުވަތަ ޝަރުތު:           

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. ސަނާވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' އަދި 'އިސްލާމް' މި މާއްދާތަކުން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
  3. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 30 (ތިރީސް) އަހަރު ނުވާ މީހަކު ކަމުގައިވުން.
  4. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • ޤައިދީންނާއި ބަންދުމީހުން ހުށަހަޅާ ޝަކުވާ ފޯމް ތަކާއި އެމީހުންގެ ޢާއިލާތަކުން ހުށަހަޅާ ސިޓީތަކުގެ ޖަވާބު ދިނުން.
  • އެކިއެކި އިދާރާތަކުން ޤައިދީންނާއި ބަންދުމީހުންނާބެހޭގޮތުން ފޮނުވާ ސިޓީތަކުގެ ޖަވާބު ދިނުމާއި އެކިފަރާތްތަކަށް ފޮނުވާ ސިޓީ، މެސެޖް ފޮނުވުން.
  • ޤައިދީންނާއި ބަންދު މީހުންނާ ބެހޭގޮތުން ތަޙުޤީޤީ އިދާރާތަކުން ހޯދަން އެދޭ މަޢުލޫމާތު ކަމާ ގުޅުންހުރި ސެކްޝަންތަކުންނާއި ޖަލުތަކުން ހޯދާ އެ މަޢުލޫމާތްތައް އެ އިދާރާތަކަށް ފޮނުވުން.
  • ޤައިދީންނާއި ބަންދުމީހުންގެ ޢާއިލަތަކުންނާއި ޢާއްމު ފަރާތްތަކުން ފޯނުންނާއި އީމެއިލް މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކަށް ޖަވަބު ދިނުން.
  • ސަރުކާރުގެ އެކިއެކި އިދާރާތަކުންނާއި ޤައިދީންނާ ބަންދުމީހުންގެ ޢާއިލާތަކުން ޤައިދީންނާއި ބަންދުމީހުންނަށް ފޮނުވާ ސިޓީތަކާއި ލިއުންތައް އެފަރާތްތަކާ ޙަވާލުކުރުން.
  • ޤައިދީންނާ ބަންދުމީހުންލައްވާ ސޮއިކުރުވުމަށް އެކިފަރާތްތަކުން ފޮނުވާ ލިޔެކިއުންތަކުގައި ސޮއިކުރުވުމަށްފަހު އެފަދަ ލިޔެކިއުންތައް އެފަރާތްތަކަށް ރައްދުކޮށްދިނުން.
  • ޖަލުތަކުގައި ޤާއިމްކޮށްފައިވާ ޝަކުވާ ހުށަހެޅުމުގެ ނިޒާމް ކުރިއަށް ދާގޮތް މޮނިޓަރ ކުރުން.
  • ޤައިދީންނާއި ބަންދު މީހުންގެތެރެއިން އެކިއެކި ބޭނުންތަކަށް ރާއްޖެއިންބޭރަށް ދާންޖެހޭ މީހުން ފުރުވާލުމަށްޓަކައި އިދާރީގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަންކަން ހަމަޖެއްސުން.
  • މިސަރވިސްގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައިތިބޭ ޤައިދީންނާއި ބަންދުމީހުން އެޓާރނީ ޖެނަރަލް އޮފީހަށް ހުށަހަޅާ "ޖިނާއީ ބޮޑެތިމައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުން ޤާނޫނީ ވަކީލެއްގެ އެހީއަށް އެދޭ ފޯމު" އެއޮފީހަށް ފޮނުވާ ބެލެހެއްޓުން.
  • އޮފެންޑަރ ސަރވިސް ޑިވިޒަން އަށް ލިބޭ އަދި މި ޑިވިޒަންއިން ފޮނުވާ އެންމެހައި ލިޔެކިޔުންތަކުގެ އެންޓްރީ ބެލެހެއްޓުން.
  • ޙަވާލުކުރެވޭ މަސައްކަތުގެ އިތުރުން ސެކްޝަނުގެ ހެޑް އަންގާ މަސައްކަތްތައް ކުރުން.

މަޤާމާއި ގުޅޭ ދާއިރާ:

- އެޑްމިނިސްޓްރޭޝަން ،  ކަސްޓަމަރ ސަރވިސް، މެނޭޖްމަންޓް

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ހިއުމަން ރިސޯސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖްމަންޓް، އެކައުންޓިންގ، އައި.ޓީ،  ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު
  • މަސައްކަތު ތަޖުރިބާ
  • މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

(މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ރޭޑިއޯ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  3. ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

  1. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ސާފު ކޮޕީ
  2. ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
  3. އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
  4. ޕޮލިސް ރިޕޯޓް (03 މަސްދުވަސް ހަމަނުވާ)

 

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިއުންތަކާ އެކު 2024 ފެބްރުއަރީ 15 ވާ ބުރާސްފަތި ދުވަހުގެ 14:30 ނިޔަލަށް  [email protected]އަށް  މެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީސް (ރޭޑިއޯ ބިލްޑިން) ގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.
  •   ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  •   ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026114 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.)

06 ފެބުރުވަރީ 2024
ހޯދާ