ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ޕްރޮގްރާމެއް ހިންގުމާ ގުޅޭ

 

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކަމާއިއެކު ލައިސަންސް ނެގުމަށް މަގުފަހި ކޮށްދިނުމުގެގޮތުން މިކައުންސިލާއި ހދ. އަތޮޅު ކައުންސިލް ގުޅިގެން މިރަށުގައި ތިއަރީ އަދި ޕްރެކްޓިކަލް އިމްތިހާނުގެ ކަންކަން ކުރިއަށްގެންދާ ގޮތަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިޕްރޮގްރާމްގައި ބައިވެރިވެ ލެއްވުމަށް ބޭނުންވާ ފަރާތްތަކުން، 15 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ދުރުވެ ނުވަތަ މި އިދާރާގެ ނަންބަރު 6520046 ނަންބަރު ފޯނާ ގުޅުއްވާ ނަން ނޯޓްކުރެއްވުން އެދެމެވެ. މި ޕްރޮގްރާމް މިރަށުގައި ހިންގޭނީ މަދުވެގެން 15 ބޭފުޅުން ބައިވެރިވެލައްވައިގެން ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

06 ފެބުރުވަރީ 2024
ހޯދާ