ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކުގައި ޤަވައިދާއި ޚިލާފަށް ބަހައްޓާފައި ހުރި ތަކެތި ނަގަން އެންގުން

     ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ) 149 ވަނަ މާއްދާއިން ރަށުކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލާފައިވާ "ޢާއްމު އުދަގުލާއި ބެހޭ ޤަވާއިދުގެ 14 ވަނަ މާއްދާ (މަގުތަކުގައި ތަކެތި ބެހެއްޓުން) މިމާއްދާގެ (ހ) ގައިވާ ގޮތުން ކައުންސިލްގެ ހުއްދަނެތި ހިނގާބިގާވެ އުޅޭމީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތިވާގޮތަށް މަގުތަކުގައި އެއްވެސް އެއްޗެއް ނުބެހެއްޓޭނެއެވެ.

                     ވީމާ، މަގުތަކުގަޔާއި ރަށުގެ އެކި ސަރަހައްދުތަކުގައި  ކައުންސިލްގެ ހުއްދަނެތި ބަހައްޓާފައި ހުރި އެންމެހައި ތަކެތި ނެންގެވުމާއި އަދި މަގުމަތީގައި މީހުންނަށާއި ދުއްވާ އެއްޗިއްސަށް އުދަގޫވާގޮތައް ހުރި ގަސްތަކުގެ އޮފިތަކާއި މަގުމަތީގެ ލައިޓުގެ އަލި ފަޑުވާގޮތައް ހުރި ގޮފިތައް 2024 ފެބްރުއަރީ 20 ވަނަ ދުވަހުގެ ކުރިން ކޮށައިދެއްވުން އެދެމެވެ. އަދި މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަން ކައުންސިލަށްދެއްވުން އެދެމެވެ.  ކައުންސިލް ހުއްދަނެތި މަގުމަތީގައާއި އިޖުތިމާޢީ ސަރަހައްދުތަކުގައި ހުންނަ ތަކެތި މިއިއުލާނުގައިވާ މުއްދަތު ހަމަވުމުން ކައުންސިލުން އިންތިޒާމުކުރަގޮތެއްގެ މަތިން ނައްތައިލާނެ ކަމުގައި ދަންނަވަމެވެ. އަދި ތަކެތި ނައްތާލުމުގައި އެއްވެސް އެއްޗަކަށް ލިބޭ ގެއްލުމުގެ ޒިންމާ މިކައުންސިލުން ނުނަގާނެ ކަމުގައިވެސް  ދަންނަވަމެވެ.

21 ރަޖަބު 1445 

01 ފެބްރުވަރީ 2024

01 ފެބުރުވަރީ 2024
ހޯދާ