ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވަން ދަނޭތޯ ބެލުމަށް އެގްޒަމިނަރުން ހޯދުން

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް މިރަށުން ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މި އިމްތިޙާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ، އެހެން ވަޒީފާއެއް އަދާކުރަމުން ޕާޓްޓައިމް ކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.

ބޭނުންވާ ޢަދަދު:

01 (ފިރިހެން)، 01 (އަންހެން)

ޝަރުޠު:

އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް، "A0, A1" ގިންތީގައި ހިމެނޭ އުޅަނދު ދުއްވުމުގެ ހުއްދަ ލިބިފައިވުން.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބުނުތާ މަދުވެގެން، 5 އަހަރު ވެފައިވުން

ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއް އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން.

ޢުމުރުން 55 އަހަރު ނުވާ މީހެއް ކަމުގައިވުމާއި ރަނގަޅު ޞިއްޙަތެއްގައި ހުރި މީހަކަށްވުން.

ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރަމުންދާ މީހެއްކަމުގައި ނުވުމާއި، ޑްރައިވިންގ ސްކޫލެއްގައި މަސައްކަތް ކޮށްފައިވާނަމަ، އެތަނުން ވަކިވިފަހުން 1 އަހަރުވެފައިވުން.

ހއ. މޮޅަދޫ ކައުންސިލް އިދާރާގެ މުވައްޒަފެއް ކަމުގައި ނުވުން

މި ކައުންސިލުން ޢަމަލީ އިމްތިޙާނު ޝެޑިއުލްކުރާ ވަގުތަށް އާދެވޭނެ މީހެއްކަމުގައި ވުން

މަސައްކަތް ކުރަންޖެހޭ ތަން:

ހއ. މޮޅަދޫ

އުޖޫރަ:

ޓެސްޓް ކުރާ ކޮންމެ A0, A1 ގިންތީގެ އުޅަނދަކަށް -/25 ރުފިޔާ

އެޕްލިކޭޝަން ހުށަހަޅަންވީ ތަނާއި ސުންގަޑި

ހއ. މޮޅަދޫ ކައުންސިލްގެ އިދާރާއަށް ނުވަތަ އީ-މެއިލް ކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން [email protected] މެއިލަށް

ސުންގަޑި: 2024 ފެބުރުއަރީ 13 ވަނަ ދުވަހުގެ، 12:00 ގެ ކުރިން.

ހުށަހަޅަންޖެހޭ ތަކެތި:

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮފީ

އައިޑީކާޑުގެ ކޮޕީ

ވަނަވަރު

ޕޮލިސް ރިޕޯޓް (03 މަސް ހަމަނުވާ)

ތަޖުރިބާގެ ލިޔުން

އެގްޒަމިނަރުން ހޮވުމަށް ޕޮއިންޓްދިނުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާ

ލައިސަންސަށް (A0-A1 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް / ހުއްދަ ލިބުނުފަހުން 5 އަހަރު ވެފައިވާ)

90%

90%

އެގްޒަމިނަރުގެ ގޮތުގައި މަސައްކަތްކޮށް ލިބިފައިވާ ތަޖްރީބާ

10%

10%

ޖުމްލަ:

100%

       

އެގްޒަމިނަރުންގެ މުއްދަތު:

01 އަހަރު ދުވަސް (އެންމެ ގިނަ ޕޮއިންޓް ލިބޭ، އެގްޒެމިނަރުންނާއެކު، 1 އަހަރު ދުވަހުގެ މުއްދަތަށް އެގްރިމެންޓް ކުރެވޭނެ އެވެ.)

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑިގައި 6500031 ނަންބަރާއި ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ފެބުރުވަރީ 2024
ހޯދާ