މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދެވިފައިވާ ފުރުޞަތާއި ގުޅޭ

ހެޔޮ އެދޭ އަމިއްލަ ފަރާތަކުން، ރ.އަތޮޅުގެ ކޮންމެ ރަށަކުން އެކަކަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ޙައްޖަށް ގެންދާ ޖަމާޢަތަށް ދައްކަންޖެހޭ ފައިސާ، އެބޭފުޅާގެ ޚަރަދުގައި ހަމަޖެއްސުމަށް ހުޅުވާލެވިފައިވާ ފުރުޞަތާއި ގުޅިގެން ދަންނަވަމެވެ. މި ފުރުޞަތު ހުޅުވާލެވިފައިވަނީ 40 އަހަރު ފުރި މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ފަރުޟު ޙައްޖުވެވިފައި ނުވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށްއެދޭ މަތީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަވާ ބޭފުޅުން މިކައުންސިލަށް 08 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސިޓީ އަދި އައި.ޑީ ކާޑްގެ ދެފުށުގެ ސާފު ކޮޕީއެއް ހުށައެޅުއްވުން އެދެމެވެ. އަދި ޝަރުތު ހަމަވާ އެކަކަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ، މީހަކު ހޮވުން ކުރިއަށް ގެންދެވޭނީ ގުރުއަތުލައިގެންނެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ރަޖަބް    1445

05 ފެބްރުއަރީ 2024

05 ފެބުރުވަރީ 2024
ހޯދާ