ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ލެބޯރަޓަރީ އެސިސްޓެންޓް

އިޢުލާން

މަޤާމް

ކްލެސިފިކޭޝަން

ބޭނުންވާ އަދަދު

މަޤާމު ނަންބަރ

ލެބޯރަޓަރީ އެސިސްޓެންޓް

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

01

J-323488

 

މަޤާމުގެ ރޭންކް

ޖީ.އެސް 4

މަޤާމުގެ ގިންތި

ދާއިމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޖަމާލުއްދީން ސްކޫލް ، މާލެ

މަޤާމުގެ ގިންތި:

ދާއިމީ

މުސާރަ

5020.00

ސަރވިސް އެލަވަންސް

1500.00

އެހެނިހެން އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ސްޕެޝަލް ޑިއުޓީ އެލަވަސް:  މުވައްޒަފަށް ލިބޭމުސާރައިގެ %35

ސަޕޯޓިންކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 700.00

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-     ދަރިވަރުންނަށް ބޭނުންވާ ޕްރެކިޓިކަލްސް ތަކަށް ޓިޗަރުން އަންގާ ގޮތެއްގެ މަތިން ލެބޯޓަރިގެ އިންތިޒާމްތަށް ހަމަޖެއްސުން

2-     ލެބްތަކުގައި ހުރި ކެމިކަލްތައް އަދި އެހެނިހެން ތަކެތީގެ ސްޓޮކް ގަވައިދުން ބަލަހައްޓައި ނެގޭތަކެތި ބާކީކޮށް ލިބޭތަކެތި ސްޓޮކްބާކީއަށް ވައްދަމުން ގެންދިއުން.   

3-     ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރުން ހިންގޭ އިތުރު ޙަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެވަޑައިގަތުން. އަދި އެފަދަ ޙަރަކާތްތަކުގައިވެސް ގަޑިއަށް ސަމާލުކަންދެއްވުން

4-     ސްކޫލުން ޙަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަންގަވައިގެން ޝައުޤުވެރިކަމާއެކު ކުރުމާއި، މުވައްޒަފުގެ އަމިއްލަ ކުރިއެރުމަށް، ހިތްވަރާއެކު މަސައްކަތްކޮށް ސްކޫލުން ބޭނުންވާ ފެންވަރަށް މުވައްޒަފުގެ ފަންނީ، ޢިލްމީ ޤާބިލްކަން ކުރިއެރުވުމުގެ އިތުރުން ވަޒީފާގެ ބާވަތުން، މުއައްޒަފެއްގެ ހައިސިއްޔަތުން ކުރުމަށް ސުކޫލުގެ ވެރިން އަންގަވާ ކަންތައްތައް ކުރެއްވުން.

5-     އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ރަޙުމަތްތެރިކަމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރޫޙް ޤާއިމްކުރުމަށް މަސައްކަތްކުރުމާއި، ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިން އަދި ސްކޫލުގެ އަގު ހިފެހެއްޓުމަށް މަސައްކަތްކުރުން އަދި ދިވެހި ސަރުކާރުގެ ޤަވާޢިދުތަކާއި، ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ ޤަވާޢިދުތަކަށް އަހުލުވެރިވެ އެއަށް ޙުރުމަތްތެރިކޮށް ހިތުން.

6-     ސްކޫލުގެ ޓައިމްޓޭބަލާ އެއްގޮތަށް ޓިޗަރުން ބޭނުންވާ ލެސަންތައް ލެބްގައި ނެގޭނެ އިންތިޒާމްތައް ހަމަޖެއްސުން.

7-     ލެބޯޓްރީއަށް ހޯދޭ ކެމިކަލްތަކާއި މެޓީރިއަލްސްތައް ލޭބަލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

8-     ޓީޗަރުން އަންގާގޮތެއްގެ މަތިން ލެބްގަޑިތަކަށް ބޭނުންވާ ތަކެތިނަގާއި ލެބް ތައްޔާރުކުރުން.

9-     ލެބްގައި ބޭނުންކުރެވޭ ކެމިކަލްސްތަކާއި އެހެނިހެންތަކެތިން ދަރިވަރުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔވަޅުތައް އަޅާފައިހުރުން. ލެބްގެ ޤަވައިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށް ހަރަކާތްތައް ހިންގުން.

10- ލެބްތައް ހުޅުވާ ލެއްޕުމުގައި ފަރުވާތެރިވެ އެތަނުގެ ތަޅުދަނޑިތައް ލެބް ބަންދު ކުރުމަށްފަހު އޮފީހުން އެކަމާ ހަވާލުވެހުރި މުވައްޒަފަކާ ހަވާލުކޮށް ލެބްހުޅުވި ގަޑި އާއި ބޭނުން އަދި ބަންދުކުރިގަޑި ތަޅުދަނޑި ދޫކުރާ ފޮތުގައި ނޯޓްކުރުން.

11- ލެބްގެ ޤަވައިދުތަކަށް ޓީޗަރުން އަހުލުވެރިކުރުވުމަށް ހަރަކާތްތައް ހިންގުންއަދި ލެބަށް ބޭނުންވާ ތަކެތި ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް ހުށައެޅުން.

12- ލެބުގައި ހިންގުން ހަރަކާތްތަކުގެ އަހަރީ ރިޕޯޓް އަހަރު ނިމުމުން ސްޕަވައިޒަރަށް ހުށައެޅުން.

13- ސްކޫލުގައި އިތުރު ޙަރަކާތްތައް ހިންގުވައި އެދާއިރާއިން ދަރިވަރުންނަށާއި މުވައްޒަފުން، އަދި ސްކޫލަށް ރީތި ނަމާއި އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވުން.

14- ސްކޫލުން ބާއްވާ ސްޓާފް މީޓިންގ ތަކާއި ސެޝަން މީޓިންގ، ބެލެނިވެރިންގެ ބައްދަލުވުންތަކާއި އެނޫނަސް ލީޑިންގ ޓިޗަރެއްގެ ޙައިސިއްޔަތުން ބައިވެރިވެލެއްވުމަށް ސްކޫލުން އަންގާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވެވަޑައިގަތުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.

ނުވަތަ

'މަތީ ސާނަވީ' އިމްތިޙާނުގެ ކެމިސްޓްރީ ނުވަތަ ބައޮލޮޖީ ހިމެނޭގޮތަށް 3 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ނުވަތަ

'ސާނަވީ' އިމްތިޙާނުގެ ކެމިސްޓްރީ ނުވަތަ ބައޮލޮޖީ ހިމެނޭގޮތަށް 3 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

 

ތަޢުލީމީ ރޮނގު / ރޮނގުތައް:

ޕްރިފާރޑް ޑިސިޕްލިން:

 

ބަޔޮލޮޖީ  

ކެމިސްޓްރީ

ލެބޯޓަރީ ސައިންސް 

ފިޒިކްސް

 

ގުޅޭ ވަޒީފާގެ ދާއިރާ/ ދާއިރާތައް:

 ލެބޯޓަރީ ސަރވިސް

ޕްރިފަރޑް ޑިސިޕްލިންގ   

 

ނެތް

ކޯ ޑިސިޕްލިންގ

ލެބޯޓަރީ ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ 

5

އެސެސްމަންޓް  (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ފެބްރުއަރީ 2024 (އަންގާރަ) ދުވަހު ގެ 12:00 ގެ ކުރިން، ޖަމާލުއްދީން ސްކޫލަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އެސެސްމަންޓް އަދި އިންޓަރވިއު (ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އެސެސްމަންޓް އޮންނާނީ، 14 ފެބްރުއަރީ އާއި 22 ފެބްރުއަރީ 2024  އާއި ދެމެދު، ޖަމާލުއްދީން ސްކޫލް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3324413 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu)އިން ލިބެން ހުންނާނެއެވެ.

 

05 ފެބުރުވަރީ 2024
ހޯދާ