ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ވައިކަރަދޫ އިން ދަނޑުބިން ދޫކުރުން

 

ހދ. ވައިކަރަދޫ އިން ދަނޑުބިން ދޫކުރުމުގެ އުޞޫލު 4 ފެބްރުއަރީ 2024ގައި ވަނީ ގެޒެޓް ކުރެވި އާންމުކުރެވިފައެވެ. މި އުޞޫލުގެދަށުން ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދުމުގެ ފުރުޞަތު މިއަދުން ފެށިގެން 06 މާރޗު 2024 ވާ ބުދަ ދުވަހުގެ 13:30 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.

މިބުރުގައި އެއްބަސްވުން އާކުރެވޭ އަދި އަލަށް ދޫކުރެވޭ ކުދި، އަދި މެދު ސައިޒުގެ ދަނޑު ބިމުން އަކަފޫޓަކަށް 0.05 (ފަސްލާރި) މަހުފީގެ ގޮތުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ކުރިން ދަނޑުބިން ލިބިފައިވާ ފަރާތްތަކުންނާއި އަލަށް ދަނޑުބިން ބޭނުންވެލައްވާ ފަރާތްތަކުން މި އިދާރާއަށް ދުރުވެ "ދަނޑުބިމަށް އެދޭ ފޯމް" ނަންގަވާ މަތީގައި ދެންނެވިފައިވާ ތާރީޚްގެ ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމަވެ. ދަނޑުބިމަށް އެދޭ ފޯމެއްގެ އަގަކީ -/5ރ (ފަސްރުފިޔާ) އެވެ.

އަދި ދަންނަވަމެވެ. ބީލަން އުޞޫލުން ދަނޑުބިން ނަންގަވާފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގެ މުއްދަތުހަމަވެ މުއްދަތު އިތުރުކުރަން ބޭނުންވެލައްވާ ފަރާތްތަކުން އާ އުޞޫލާއި އެއްގޮތަށް އެއްބަސްވުން އާކުރަން ޖެހޭތީވެ މަތީގައި ދެންނެވި ތާރީޙްގެ ކުރިން "ދަނޑުގެ މުއްދަތު އިތުރުކުރުމަށް އެދޭ ފޯމް" ނަންގަވާ މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ދަނޑުގެ މުއްދަތު އިތުރުކުރުމަށް އެދޭ ފޯމެއްގެ އަގަކީ -/5ރ (ފަސްރުފިޔާ) އެވެ.

ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ. 

 

05 ފެބުރުވަރީ 2024
ހޯދާ